ޝެއިހް އަލީ ޒައިދު
ޝެއިހް އަލީ ޒައިދު
އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ ގިސާސްގެ ޙުކުމަކީ ރައްޔިތުންގެ ޚިޔާލު ހޯދަންޖެހޭ ކަމެއް ނޫން ކަމަށް ޝައިހް އަލީ ޒައިދު މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މަރުގެ ހުކުމް އުވާލެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ފަހު އެ ގޮތަށް ފެންނަ ނަމަ ކަމަށް ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު މިރޭ ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ޝައިހް އަލީ ޒައިދު ކުރެއްވި ފޭސްބުކް ޕޯސްޓެެއްގައި ވިދާޅުވީ، ގިސާސް ނުވަތަ މަރަށް މަރު ހިފުމަކީ ކީރިތި ގުރުއާނުގެ ނައްސުން ސާބިތުވެ މުޅި އުއްމަތް އިޖްމާއު ވެފައިވާ މައްސަލައެއް ކަމަށެވެ.

އެއީ ރައްޔިތުންގެ ޚިޔާލު ހޯދަންޖެހޭ ކަމެއް ނޫން ކަމަށް ޝައިހް އަލީ ޒައިދު ވިދާޅުވިއެވެ.

"އެއިގެ ( ގިސާސްގެ) ހުރިހާ ޙުކުމްތަކެއް ފުރިހަމަވެއްޖެނަމަ އެ ހުކުމް ދެމެހެެއްޓުމަކީ ވެރިންގެ މައްޗަށް ވާ ވާޖިބެއް، އިސްލާމްދީނުގެ ހުކުމްތަކަކީ އެންމެ ފުރިހަމަ ހުކުމްތައް." ޝެއިހް ޒައިދު ވިދާޅުވިއެވެ.

މަރުގެ ހުކުމް އުވާލަން ހުޅަނގުގެ ގައުމުތަކުން ވަރަށް ބޮޑަށް ބާރު އަޅަމުންދަނިކޮށް ރާއްޖެއިން ވަނީ މަރުގެ އަދަބު ދިނުން ތަންފީޒު ނުކުރުމަށް އދ.ގެ އާއްމު މަޖިލީހުން އެކުލަވާލާފައިވާ "މޮރެޓޯރިއަމް އޮން ދަ ޔޫޒް އޮފް ޑެތު ޕެނަލްޓީ" ގަރާރުގެ ޑްރާފްޓަށް ތާއިދުކޮށްފައެވެ.

އދ. ގެ ބައްދަލުވުމުގައި މިއަދު ވާހަކަ ދައްކަވަމުން ރާއްޖޭގެ ބަންޑާރަ ނާއިބް އިބްރާހީމް ރިފްޢަތު ވިދާޅުވެފައިވަނީ ރާއްޖޭގައި މަރުގެ އަދަބު ދިނުން އުވާލެވޭނީ ގާނޫނުތަކަށް ބަދަލު ގެނަސްގެން ކަމަށެވެ. އަދި އެބަދަލު ނުގެނައި ނަމަވެސް ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ނުކުރާ ކަމަށާ އަދި އެކަން އެގޮތުގައި ދަމަހައްޓާނެ ކަމަށް ބަންޑާރަ ނާއިބު އދ. ގައި ޔަގީންކަން ދެއްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން