ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އެކަމާ ދެކޮޅަށް ރާއްޖޭގެ ބައެއް ދީނީ އިލްމްވެރިން ތެދުވެެއްޖެއެވެ.
ރާއްޖޭގައި މަރުގެ ހުކުމް އުވާލެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ފަހު އެ ގޮތަށް ފެންނަ ނަމަ ކަމަށް ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު ވަނީ ވިދާޅުވެފައެވެ.
އެކަމާ ދެކޮޅަށް ރާއްޖޭގެ ބައެއް ދީނީ އިލްމްވެރިން ތެދުވެފައިވާ މި ދަނޑިވަޅުގައި އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކިތަންމެ ގިނަބަޔަކު އެދުނަސް މާތް ﷲ ގެ ގާނޫނު ބަދަލެއް ނުކުރެވޭނެ ކަން ނޭގުމަކީ ޖާހިލުކަމުގެ އަލާމާތެއް ކަމަށެވެ. ގަދަބަސް ނުބުނެ ކިބުރުވެރިކަމާއި ބޮޑާކަން ދޫކޮށްލައި މާތް ﷲ އަށް ތައުބާވުމަށް ޝައިޚް އިލްޔާސް ވަނީ ގޮވާލައްވާފައެވެ.
"މާތް ﷲ ގެ އިލާހީ ވަހީ ބަސްފުޅު ގިނަ ގިނައިން ވިދާޅުވެ ލައްވާ." މިސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި ޝައިޚް އިލްޔާސް ވިދާޅުވިއެވެ.
ޝައިޚް އިލްޔާސްގެ ޓުވީޓްގައި ވަނީ ކީރިތި ގުރުއާނުގެ ވަހީ ބަސްފުޅެއްވެސް ހިމަނުއްވާފައެވެ.
"މާތް ﷲ އާއި އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފި ހިނދު މުއުމިނު ފިރިހެނަކަށް ވެސް އަދި މުއުމިނު އަންހެނަކަށްވެސް އެކަމުގައި އިޚުތިޔާރު އޮތުމަކީ ނެތް ކަމެކެވެ. ﷲ އާއި އެކަލާނގެ ރަސޫލާ އަށް އުރެދިއްޖެމީހާ ދަންނާށެވެ. ފަހެ ފާޅުވެގެންވާ މަގު ފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެ ކަން ކަށަވަރެވެ."
ޖަމިއްޔަތުލް ސަލަފުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަލީ ރަމީޒް ބިން ގާސިމް ވިދާޅުވީ، ކީރިތި ގުރުއާނުގެ ހުކުމެއް ބަދަލު ކުރުމުގެ އިޚުތިޔާރެއް އިންސާނުންނަކަށްވެސް ނެތް ކަމަށާއި، އެކަން މާތް ﷲ ކަނޑައަޅުއްވާފައިވާ ކަމަށެވެ. މަރުގެ އަދަބު އުވާލުމަށް މީސްތަކުންގެ ޚިޔާލު ހޯދުމަށް ހުށައަޅައިގެން ނުވާނެ ކަމަށް އަލީ ރަމީޒު ވިދާޅުވިއެވެ.
"ބުއްދި ފަސް މީހުން ނިކުމެ ތިމާގެ ސައިޒު ތިމާމެންނަށް އޮޅި ﷲ އަށް ޗެލެންޖް ކުރަން އުޅުމަކީ ތިމާމެންގެ ޖާހިލު ކަން ނޫން ދެން އެހެން ކޮން އެއްޗެއް ހެއްޔެވެ.؟" އަލީ ރަމީޒު ސުވާލު ކުރެއްވިއެވެ.
އައްޝައިޚް ޝަފީއު އަބުދު ﷲ ވިދާޅުވީ މާތް ﷲ ގެ ޝަރީޢަތުގެ ޙުކުމްފުޅުތަކަކީ ފެންނަ ނުފެންނަ ވޯޓަށް އަހައިގެން ޤަބޫލުކޮށް އުވާލާ ހެދޭނެ ހުކުމްފުޅުތަކެއް ނޫން ކަމަށެވެ.
"ބަނޫ އިސްރާއީލު މީހުން ފަދައިން ކަންތައް ކޮށްގެން ނުވާނެއެވެ. މާތް ﷲ ގެ ހުކުމްފުޅުތަކުގެ މައްޗަށް ބަސްކިޔޭނެ، ގޮތް ނިންމޭނެ އެހެން ފަރާތެއް ނުވެއެވެ." ޝައިޚް ޝަފީއު ވިދާޅުވިއެވެ.
ދީނީ އިލްމްވެރިޔާ ޝައިޚް މުހަންމަދު ލަތީފް ވިދާޅުވީ ޤިޞާޞް ހިފުމަކީ ކީރިތި ޤުރްއާނާއި، ޞައްޙަ ސުންނަތުން ސާބިތުކަމެއް ކަމަށެވެ.
"އެ އަދަބު އުވާލެވޭނީ ދިވެހި ރައްޔިތުން އެގޮތަށް ބޭނުންވާ ނަމަ ކަމަށް އެޓާނީ ޖެނެރަލް އަށް ވިދާޅުވެވޭނީ ކޮން ހައިސިއްޔަތަކުންތޯއެވެ؟! އެފަދަ ކަންކަމާމެދު ﷲ އަށް ބިރުވެތިވުމަށް ގޮވާލަން." ޝައިޚް މުހަންމަދު ލަތީފް ވިދާޅުވިއެވެ.
އދ. ގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ބަންޑާރަ ނާއިބް އިބްރާހީމް ރިފްޢަތު ވިދާޅުވެފައިވަނީ ރާއްޖޭގައި މަރުގެ އަދަބު ދިނުން އުވާލެވޭނީ ގާނޫނުތަކަށް ބަދަލު ގެނަސްގެން ކަމަށެވެ. އަދި އެބަދަލު ނުގެނައި ނަމަވެސް ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ނުކުރާ ކަމަށާ އަދި އެކަން އެގޮތުގައި ދަމަހައްޓާނެ ކަމަށް ބަންޑާރަ ނާއިބު އދ. ގައި ޔަގީންކަން ދެއްވާފައި ވެއެވެ.
މަރުގެ ހުކުމަކީ ކީރިތި ގުރުއާނުގައި މާތް ﷲ ކަނޑައަޅުއްވާފައިވާ ހުކުމެކެވެ. ކީރިތި ގުރުއާނުގެ މާއިދާ ސޫރަތުގައި އެކަލާނގެ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވަނީ މިފަދައިންނެވެ.
"އޭ إيمان ވެއްޖެ މީސްތަކުންނޭވެ! قتل ކުރެވޭ މީހުންނާމެދު قصاص ހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) أخ އާގެ ފަރާތުން قصاص ގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި إحسان ތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި رحمة އެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ عداوة ތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި عذاب ހުށްޓެވެ."
ރާއްޖެއިން ވަނީ މަރުގެ އަދަބު ދިނުން ތަންފީޒު ނުކުރުމަށް އދ.ގެ އާއްމު މަޖިލީހުން އެކުލަވާލާފައިވާ "މޮރެޓޯރިއަމް އޮން ދަ ޔޫޒް އޮފް ޑެތު ޕެނަލްޓީ" ގަރާރުގެ ޑްރާފްޓަށް ތާއިދުކޮށްފައެވެ.
ރާއްޖޭގައި މަރުގެ އަދަބު ދިނުން މަޑުޖައްސާފައި އޮތް އޮތުން ދަމަހައްޓާނެކަމުގެ ޔަގީންކަން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ދެއްވާފައިމިވަނީ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި ގައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ރިކޮމެންޑޭޝަން ތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ އަދި އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ އެއްވެސް ރިކޮމެންޑޭޝަނެއް ދިވެހިރާއްޖެއިން ބަަލައި ނުގަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވަނިކޮށެވެ.

Kithamme gina bayaku edhunas Allah ge ganoonu badhalu nukureveynekan neyngumakee jahilukamuge alamateh. gadhabas nubune kiburuverikami bodakan dhookoh avahah thaubavun budhdhiveri
— Ilyas Hussain (@shkilyas) November 4, 2020
adhi ilahee mibasfulhu ginaginain vidhalhuvelavva pic.twitter.com/H7wmrvfZxB

ކިޔުންތެރިންގެ ހިޔާލު