ޝައިޚް އަބްދުﷲ ސައުދާން
ޝައިޚް އަބްދުﷲ ސައުދާން
ފަރަންސޭސި ވިލާތުން އަންނަ މީހުން މަރަން ބަޔަކު ފަތުވާ ނެރުނުކަމަށް ދޭހަވާގޮތަށް ޝައިޚް އިލްޔާސް ހުސައިން ދެއްކެވި ވާހަކައަށް ޝައިޚް އަބްދުﷲ ސައުދާން ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ފަރަންސޭސި ވިލާތުން އަންނަ މީހުން މެރުމަށް ބަޔަކު ފަތުވާ ދީފައިވާކަމަށް ވިދާޅުވެ ޝައިޙް އިލްޔާސް ދެއްކެވި ވާހަކަތަކާއި ގުޅިގެން ޝައިޚް ސައުދާން ވިދާޅުވީ ފަރަންސޭސި ވިލާތުން ރާއްޖެ އަންނަ މީހުން މެރުމަށް ރާއްޖޭގެ އެއްވެސް އިލްމުވެރިޔަކު ފަތުވާދީފައިވާނަމަ އެކަމުގެ ހެކި ދައްކަވަންޖެހޭނެކަމަށެވެ. އަދި ބަޔަކު ރުއްސުމަށްޓަކައި ރައްޔިތުންނާއި އިލްމުވެރިންގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައިގެން ނުވާނެކަމަށްވެސް ޝައިޚް ސައުދާން ވިދާޅުވިއެވެ.



ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝައިޚް އިލްޔާސް ވިދާޅުވީ ކުރިކަމެއް ކުރީ ފްެރާންސްގެ ރައީސްކަމަށާއި އޭގެ ބަދަލުގައި ފްރާންސްގެ އާއްމު ރައްޔިތުން މެރުމަށް ގޮވާލުމަކީ އިސްލާމްދީނުގެ ނަމުގައި ކުރެވޭނެކަމެއް ނޫންކަމަށެވެ،

"ފްރާންސްގެ ރައީސް އެކުރި ކަމެއްކުރީ. ނަމަވެސް ފްރާންސް އާއްމު ރައްޔިތުންގެ ތެރެއިން ބަޔަކު މިތަނަށް އައީމަ އެމީހުން މަރަން ފަތުވާދިނީމަ ކޮން އިސްލާމްދީނެއްގެ ދިފާއުގައިތޯ މިނުކުތީ. ރަސޫލާގެ ދިފާއުގައި މިނުކުތީ ނޫނީ ރަސޫލާގެ ރިސާލަތް ފުނޑާލަންތޯ މިނުކުތީ. ޖަޒުބާތުގައި ނުކުމެ ފްރާންސް ބޮއިކަޓްކޮށްލާށޭ، މިހެން ހަދާލާށޭ ކިޔާފައި ހަޅޭ ލެވިޔަސް އޭގެން ހައްލެއް ނާންނާނެ." ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

ފަރަންސޭސި ވިލާތުގައި އިސްލާމްދީނާއި ކީރިތި ރަސޫލާއާއި ދެކޮޅަށް ހިންގާ ކަންކަމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ އެގައުމާއި ދެކޮޅަށް މުޒާހަރާތަކާއި ބޮއިކަޓް ކެމްޕެއިންތައް ހިންގަމުންނެވެ. އެގޮތުން އެގައުމުގައި އުފައްދާ ތަކެތި ނުގަތުމަށާއި އެތެރެ ނުކުރުމަށް މުސްލިމު ބައެއް ޖަމާއަތްތަކުންނާއި އިސްލާމީ ބައެއް ގައުމުތަކުން އަންނަނީ ގޮވާލަމުންނެވެ. އަދި ބައެއް ގައުމުތަކުން މިހާރުވަނީ ފަރަންސޭސި ވިލާތުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ފިހާރަތަކުން ވެސް ނަގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން