ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި، ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ބިމެއް މިލްކުނުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު އަދިވެސް އެބައޮތް ކަމަށާއި، މިހާރުގެ ސަރުކާރުން ރަސްމާލެ މަޝްރޫއު ހިންގަނީ ގާނޫނީ ހަމަތަކުން ބޭރުން ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވަމުން އަންނަ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން ރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ގާނޫނުއަސާސީގެ 251 ވަނަ މާއްދާއަށް އަލިއަޅުއްވާލައްވާފައެވެ. އެ މާއްދާގައިވާ ގޮތުން ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖޭން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭނެއެވެ. އަދި ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ ފަރާތަކަށް ކުއްޔަށް ނުވަތަ އެ ނޫން ގޮތަކަށް ވެސް ދެވޭނީ އެންމެ ދިގުވެގެން 99 އަހަރުގެ މުއްދަތަކަށް ކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
ރައީސް ޔާމީން ވިދާޅުވީ ގާނޫނުއަސާސީގައި ވަކި އިސްތިލާހެއް އޮތުމަކުން ދައުލަތުން އެކަހެރިކޮށްފައި ރަސްމާލެ މަޝްރޫއު ހިންގާ ކަމަށް ވާނަމަ، ސަރުކާރުން އެ ކުރާ ކަމަކީ ގާނޫނުއަސާސީގެ ބާރު ކަނޑުވައިލުން ކަމަށެވެ. އަދި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭން 500 ހެކްޓަރުގެ ބިން ދިނުމަށްޓަކައި ބައެއް ގާނޫނުތައް ހަދަންޖެހޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވި ވާހަކައަށް ވެސް އެމަނިކުފާނު ފާޑުވިދާޅުވިއެވެ.
"މިކަން ކޮށް ނިންމައިފައި ގާނޫނު މި ހަދަނީ، އެހެންވީމާ އެބަ އެނގޭ މިއީ ގާނޫނީ ހަމަޔަކަށް ފެތިގެން ކުރާ ކަމެއް ނޫންކަން." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު، "އަހާ" ފޯރަމުގައި ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވީ ސަރުކާރުން ރިއަލްއެސްޓޭޓް ގާނޫނެއް ހަދަނީ ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ ބޮޑު މަޝްރޫއަށް ޚާއްސަކޮށްގެން ނޫން ކަމަށެވެ. ނަމަވެސް ޓޫރިޒަމް ޕްރޮޑަކްޓަކަށް ނުވާ ރިއަލް އެސްޓޭޓް މާކެޓެއް ރާއްޖޭގައި އުފެއްދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އުޝާމް ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރަން ބަލާއިރު ރާއްޖޭގައި މިހާރު މިއޮތް ގާނޫނީ ޕްރޭމްވޯކްގެ ތެރެއިން މިކަން ކުރެވޭނެ ގޮތެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.
އުޝާމް އެފަދައިން ވިދާޅުވިއިރު ރަސްމާލެ މަޝްރޫއުގެ ދަށުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ ވިޔަފާރި އެއްބަސްވުމަކީ ގާނޫނުއަސާސީއާ ޚިލާފު އެއްބަސްވުމެއް ކަމަށް ކަނޑައަޅައި، އެ އެއްބަސްވުން ބާތިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ވަނީ ހުށަހަޅައިފައެވެ.ނަމަވެސް މި މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބޭރުކޮށްލައިފައެވެ.
ދިވެހި ސަރުކާރުން އަބޫދާބީގެ އީގަލް ހިލްސްއާއެކު ފާއިތުވި ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ރަސްމާލެއިން ހިއްކާ 1010 ހެކްޓަރު ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބޮޑު ސަރަޙައްދެއްގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ ތަރައްޤީކޮށް ހިންގާނީ އެ ކުންފުނިންނެވެ. މި މަޝްރޫޢުގައި ހިއްކާ ބިމުގެ ބާކީ 600 ހެކްޓަރު ޚާއްޞަކޮށްފައިވަނީ ދިވެހި ރައްޔިތުންގެ އިޖުތިމާޢީ ބޯހިޔާވަހިކަމަށާއި، އާންމުންނަށް ދޫކުރާ ބިމުގެ ޕްލޮޓްތަކުގެ އިތުރުން މުނިސިޕަލް ޚިދުމަތްތައް ޤާއިމުކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު