ލ. މާވަށް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 72 ޕަސެންޓް ނިމިފައިވާކަމަށް އެމަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ލ. މާވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ބޭރުތޮށި ރޭނުމުގެ މަސައްކަތުގެ 57 ޕަސެންޓް ނިމިފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި 26885 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި 40 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން އަދި 110 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުން ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 27.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 07 އޭޕްރީލް 2020 ގައެވެ.

ލ. މާވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 72 ޕަސެންޓް ނިމިއްޖެ. މި މަޝްރޫޢުގެ ތެރެއިން ބޭރުތޮށި ރޭނުމުގެ މަސައްކަތުގެ 57 ޕަސެންޓް ވަނީ ނިމިފައި. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 07 އޭޕްރީލް 2020 ގައި. pic.twitter.com/WJFUIUdjjq
— MTCC Plc (@MTCCPlc) November 5, 2020
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 27.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 07 އޭޕްރީލް 2020 ގައެވެ.
ކިޔުންތެރިންގެ ހިޔާލު