މާލޭގެ ކާނިވާ ސަރަހައްދުން 13،000 އަކަފޫޓުގެ ބޮޑު ބިމެއް މަހަކު އެންމެ 13،000 ރުފިޔާއަށް ކުއްޔަށް ދީފައިވާ މައްސަލައެއް، މާލެ ސިޓީ ކައުންސިލުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
މި މައްސަލައިގެ ތަފްސީލު ހާމަކުރައްވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ކައުންސިލުން ރޭ ބޭއްވި ކުއްލި ޖަލްސާއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މޭޔަރު ވިދާޅުވީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކައުންސިލުން ދޫކޮށްފައިވާ ގިނަ ބިންތަކެއްގެ އެއްބަސްވުންތައް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ކާނިވާ ސަރަހައްދުން ދޫކުރެވުނު މި ބިމަކީ އެންމެ ފުރަތަމަ އުސްފަސްގަނޑު ސަރަހައްދުގައި ފަތާ ފެންގަނޑެއް (ސްވިމިން ޕޫލެއް) އެޅުމަށް ދޫކުރި ތަނެއް ކަމަށާއި، ނަމަވެސް އެތަނުގައި އެކަން ނުކުރެވުމުން، ހަމަ އެ އަގުގައި ކާނިވާ ސަރަހައްދުން ބަދަލު ބިމެއްގެ ގޮތުގައި ދޫކޮށްފައިވާ ތަނެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބިމުގެ އަސްލު އެއްބަސްވުމުގައިވާ ގޮތުން ކުއްޔަށް ދޫކުރާތާ 10 ވަނަ އަހަރު، ކުލީގެ ގޮތުގައި 1 މިލިއަން ނުވަތަ 2 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، 2021 ވަނަ އަހަރު ކައުންސިލްގެ ރަސްމީ ނިންމުމަކާ ވެސް ނުލައި، އެ ބޮޑު ކުލި ނުނަގާ ގޮތަށް ބަދަލުކޮށް، އަލުން މަހަކު 13،000 ރުފިޔާ ދައްކާ ގޮތަށް އަމިއްލައަށް ނިންމާފައިވާ ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، ލިޔެކިޔުންތަކުން ފެންނަ ގޮތުގައި މިއީ ވަކި ބަޔަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށް ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭތީ، އެ މައްސަލަ މިހާރު އޭސީސީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި މިފަދަ އެއްވެސް މައުލޫމާތެއް ކައުންސިލުން ސިއްރު ނުކުރާނެ ކަމަށާއި، ހުރިހާ ކަމެއްވެސް ރައްޔިތުންނަށް ހާމަކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މާލޭގެ ރައްޔިތުންގެ މުދަލާއި ބިމުގެ ހައްގުތައް ހިމާޔަތްކުރުމަކީ ކައުންސިލަށް ގާނޫނުން ލާޒިމުކުރާ ކަމެއްކަން ފާހަގަކުރައްވައި، މޭޔަރު ވިދާޅުވީ މި މަސައްކަތުގައި އެއްވެސް ވަރަކަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ބަލަން ފެށުމުން، އެކަން ހުއްޓުވުމަށް އެކި ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
މީގެއިތުރުން، މި މައްސަލައިގައި ކައުންސިލަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި، ގެއްލުނު ފައިސާގެ ބަދަލު ހޯދުމަށް ޝަރީއަތަށް މައްސަލަ ހުށަހެޅުމަށްޓަކައި، ކައުންސިލްގެ ގާނޫނީ ޓީމުން މިހާރު ހުރިހާ ލިޔެކިޔުމެއް ތައްޔާރުކޮށް ނިންމާފައިވާ ކަމަށްވެސް މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު