މާފުއްޓަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް (ފޮޓޯ: ސޯޝަލް މީޑިއާ)
މާފުއްޓަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ކ. މާފުށިން އިތުރު 2 ފަތުރުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރ އަލުން ހުޅުވުމަށްފަހު މިދިޔަ މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމުން މާފުށީގެ ގެސްޓްހައުސްތައްވެސް ވަނީ ޚިދުމަތަށް ހުޅުވާލާފައެވެ. މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރާ ރަށެވެ. އެގޮތުން އެރަށުން 10 ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ.

މާފުށިން މިއަދު މި ދެ ފަތުރުވެރިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަން އެނގިފައިވަނީ ފުރުމުގެ ކުރިން ހެދި ޕީސީއާރު ޓެސްޓުންނެވެ. މިއަދު ޕޮޒިޓިވް ވެފައިވަނީ އެރަށުގެ ގެސްޓްހައުސްއެއްގައި ތިބި ބަންގްލަދޭޝް އަންހެނަކާއި، ޕާކިސްތާން ފިރިހެނެކެވެ. މިހާރު އެދެމީހުން ވަނީ އައިސޮލޭޓް ކޮށްފައެވެ. މީގެ ކުރިން މިދިޔަ މަހުގެ 28 ވަނަ ދުވަހުވެސް ވަނީ އެރަށުން ފަތުރުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އޭނާވެސް ޕޮޒިޓިވް ވެފައި ވަނީ ފުރުމުގެ ދެ ދުވަސްކުރިން ހެދި ޓެސްޓުންނެވެ.

ރާއްޖޭގެ ރިސޯޓްތަކާއި، ގެސްޓްހައުސްތަކުން ކޯވިޑް-19 އަށް ޕޮޒިޓިވް ގިނަ ކޭސްތަކެއް ފެންނަމުން އަންނައިރު ރިސޯޓުތަކާއި ގެސްޓު ހައުސްތަކުން އެޗްޕީއޭގެ އުސޫލާ ހިލާފުވާކަން ފާހަގަ ކުރެވޭ ނަމަ އެތަނެއް ހުޅުވަން ދީފައިވާ ހުއްދަ ވަކި މުއްދަތެއް ނެތް ގޮތަށް ބާތިލު ކުރާނެ ކަމުގެ އިންޒާރު ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ.

މީގެ ކުރިން ދ. ކަނޑިންމަ ރިސޯޓުގައި ކޯވިޑް-19 ފެތުރި އެ ރިސޯޓުން މަރުވި މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި މިކަމުގައި އެރިސޯޓުން އަމަލުކޮށްފައިވަނީ އެޗްޕީއޭގެ އުސޫލު ތަކާ ޚިލާފަށް ކަމަށް އެރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ ބުނެފައެވެ.

ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކަށް ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވި އިރު އެ މީހާ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ބެލި ބެލުމުން، މިހާތަނަށް އެ ރިސޯޓުން 46 މީހަކު ޕޮޒިޓިވްވެފައިވާ ކަން އެޗްއީއޯސީ އިން ވަނީ ހާމަކޮށްފައެވެ. އެ ކޭސްގައި ރިސޯޓު މެނޭޖްމަންޓުގެ އިހުމާލު އޮތް ކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން