ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއް މަސް ދުވަހަށް ދަންމާލައި، އަންނަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.

މިއަހަރުގެ މާރޗް މަހުގެ 12 ގައި ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެދަށުން، މުޅި ރާއްޖޭގައި ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރިފަހުން މިއީ މިޙާލަތު ދަމަހައްޓަން ނިންމި 8 ވަނަ ފަހަރެވެ.

ހެލްތު މިނިސްޓްރީއިން ނެރެފައިވާ ބަޔާނުގައި ވަނީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އަންނަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހާ ހަމައަށް ދަމަހައްޓާފައިވާ ކަމަށެވެ. އެގޮތުން މުއްދަތު އިތުރުކޮށްފައިވަނީ ކޯވިޑް-19 ފެތުރުުމުގެ ނުރައްކާ އަދިވެސް ރާއްޖޭގައި އޮތުމުން ކަމަށް ބަޔާނުގައި ވެއެވެ. އެގޮތުން މިފަހަރު ޙާލަތު ދަމަހައްޓާފައިވަނީ ބައްޔަށް އޮތް ނުރައްކާ ކުޑަކޮށް، ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާތީ ކަމަށްވެސް އެބަޔާނުގައިވެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 11،822 އަށް އަރާފައެވެ. އަދި މިބަލީގައި ރާއްޖެއިން 38 މީހުން ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން