ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
އިސްލާމީ ޝަރީއަތާ ކައިރިއަށް ރާއްޖެ ޖެހޭނެ ކަމަށާ ދިވެހިރާއްޖޭގައި ގިސާސް ހިފޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު މިހެން ވިދާޅުވީރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލާފައި އޮތް އޮތުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދައުލަތުގެ ބަންޑާރަ ނާއިބް އިބްރާހީމް ރިފްޢަތު ބޭރު ދުނިޔެއަށް ދެއްވުމާއި ގުޅިގެންނެވެ. މަރުގެ އަދަބު އުވާލުމަކީ ގާނޫނު އަސާސީއަށް ބަދަލު ގެނެސް އަދި ރައްޔިތުންގެ ހިޔާލު ހޯދައިގެން ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭޖީ ވަނީ ވިދާޅުވެފައެވެ.

އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އިސްލާމީ ޝަރީއަތާ ކައިރިއަށް ރާއްޖެ ޖެހޭނެ ކަމަށާ ދިވެހިރާއްޖޭގައި ގިސާސް ހިފޭނެ ކަމަށެވެ. ހައްގަކާއި ނުލަައި މީހުން މެރުމާއި އަންހެނުންގެ އިއްފަތްތެރިކަން ފޭރި ގަތުމާއި މަސްތުވާތަކެއްޗަށް އޮތް ހައްލަކީ އިސްލާމީ ޝަރީއަތް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގައި ގިސާސް ހިފޭނެ. އިސްލާމީ ޝަރީއަތާ ކައިރިއަށް ރާއްޖެ ޖެހޭނެ. ހައްގަކާނުލާ މީހުން މެރުމާއި އަންހެނުންގެ އިއްފަތްތެރިކަން ފޭރި ގަތުމާއި މަސްތުވާ އެއްޗެތި ރާއްޖެއަށް އެތެރެކުރުންފަދަ ބޮޑެތި މައްސަލަތައް ހައްލު ކުރެވޭނީ އިސްލާމީ ޝަރީއާގެ ތެރެއިން. އިންތިޒާރު ކޮށްލައްވާ." ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމް ކުރެއްވުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ އުމަރު ވިދާޅުވިއެވެ.

އުމަރުގެ ވަޒީރު ކަމުގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ބޭނުންވާ ވަސީލަތްތަށް ގާއިމް ކުރައްވައި އެކަމާއި ބެހޭ ގަވާއިދެއް ވެސް އެކުލަވާލިއެވެ. އަދި އެކަން ކުރާނެ ގޮތް ވެސް ލިޔެ އާންމު ކުރިއެވެ. ރާއްޖޭގައި މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި، ހުކުމް ތަންފީޒުކުރުމާ ހިސާބުގައި މިހާރުވެސް ތިން މީހަކު އެބަތިއްބެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޢަދުނާން

06-Nov-2020

މަރަންހުކުމްކޮއްފަ ތިބި އެންމެން މަރާނަމޭ ބުނިމީހާ ތިޔައީ ވަޒީރުކަމުގަ. މަގާމު އޮތްއިރު ކަމެއް ނުކުރިމީހަކު ދެންކޮންވާހަކައެއް?



ޓްރެންޑިން