އުލިގަމުގައި ޓޫރިސްޓް ހޮޓަލަކާއި ޔޮޓް މެރީނާ އަޅަން ހުޅުވާލި ބީލަމުގެ މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އުލިގަމުގައި ޓޫރިސްޓް ހޮޓަލަކާއި ޔޮޓް މެރީނާ އަޅަން ބިން ދޫކުރުމަށް ޓޫރިޒަމް މިނިސްޓްރީން އިޢުލާންކޮށްފައިވަނީ މިދިޔަމަހުގެ 11 ވަނަ ދުވަހުއެވެ. ޓޫރިޒަމް މިނިސްޓްރީން އޭރު ބުނީ މިމަސައްކަތަށް 36 ހެކްޓަރުގެ ބިން ދޫކުރާނެކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ގިނަ ބަޔަކު ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރުމަށްފަހު، 2 ފަރާތަކުން ބީލަން ފޮތްވެސް ގަނެފައިވާކަމަށެވެ. ނަމަވެސް ބީލަމުގެ މުއްދަތު ހަމަވިއިރުވެސް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.



ޓޫރިޒަމް މިނިސްޓްރީން ބުނީ ބއެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވުމުން އުލިގަމުގައި ޓޫރިސްޓް ހޮޓަލަކާއި ޔޮޓް މެރީނާ އަޅަން އަލުން ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ. '

އެމްޓީޑީސީންވެސް މީގެކުރިން އުލިގަމުގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުމުގެ މަސައްކަތްކުރިއެވެ. ނަމަވެސް އެމަސައްކަތް ވަކި ހިސާބަކުން ވަނީ ހުއްޓިފައެވެ. މަސައްކަތް ހުއްޓުމަކަށް އައިއިރު އެ މަޝްރޫޢޫގެ 75 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އެގޮތުން ސްޓާފް އެކޮމަޑޭޝަންގެ މަސައްކަތާއި 25 ގެސްޓް ރޫމް އިމާރާތްކޮށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން