ރާއްޖޭގެ ވެރިކަން ވައްޓާލަން ފުލުހުން ދެން ނުނިކުންނާނެކަމަށް ވިދާޅުވެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްކެވި ވާޙަކަތަކަށް ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ފާޑުވިދާޅުވެ، ވާހަކަ ދައްކަވައިފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ އެވާހަކަތަކާއި ގުޅިގެން ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގެ ވެރިކަން ވައްޓާލަން އުޅެނީ ކޮންބައެއްތޯ ސުވާލުކުރައްވާފައެވެ. އަދި ވެރިކަން ވައްޓާލާ ވާހަކަ ދެއްކޭވަރު އިތުރުވެއްޖެ ނޫންތޯއޭ ވިދާޅުވެ ޝުޖާއު ވަނީ ސުވާލު ކުރައްވާފައެވެ.



މިއަދު ހެނދުނު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ހަމީދު ވިދާޅުވީ 7 ފެބްރުއަރީ 2012 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި ދެކޮޅަށް ފުލުހުން ހިމެނޭ ގޮތަށް ހިނގާދިޔަ ކަންތައްތަކަކީ މާޒީ ކަމަށާއި އެފަދަ ކަމެއް ދެވަނަ ފަހަރަށް ފުލުހުންގެ ފަރާތުން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މިހާރު ފުލުހުންގެ ލީޑާޝިޕުގައި ތިބި ފަރާތްތަކުން އެތަނުން ނިކުމެގެން ދާނީ އެފަދަ ކަމެއް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ފުލުހުންގެ ތެރޭގައި އެ ޕްރޮފެޝަނަލިޒަމް ގާއިމް ކުރުމަށްފަހު ކަމަށް ޙަމީދު ވިދާޅުވިއެވެ.

"އެ މާޒީ އިން ފުލުހުންނަށް ވަރަށް ގިނަ އިބުރަތްތަކެއް ލިބިފައި ވަނީ. އެހެންވީމަ އަޅުގަނޑު ގަބޫލެއް ނުކުރަން ފުލުހުންގެ މުއައްސަސާގައި މިއަދު ތިބި ފަރާތްތައް ވެސް އަދި ކުރިޔަށް ފުލުހުންގެ މުއައްސަސާ އަށް ގުޅޭނެ ފަރާތްތައް ވެސް އަދި އަޅުގަނޑުމެން މިހާރު މި މުއައްސަސާ ހަރުދަނާކޮށް އިތުރަށް ތަރައްގީ ކުރުމަށް އަޅާ ފިޔަވަޅުތަކުން ވެސް އެކަންކަން ކަށަވަރު ކުރެވިގެން ދާނެ." ހަމީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން