ސިދުރަތުﷲ
ސިދުރަތުﷲ
މިދިޔަމަހުގެ 23 ވަނަ ދުވަހު ރަސްފަންނާ ދިމާއިން މޫދުގައި މަރުވެފައި އޮއްވާ ފެނުނު މުޙައްމަދު ސިދުރަތުﷲ އަޙްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސް ވަޅުލައިފިއެވެ.

ސިދުރަތުﷲގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އިންޑިއާއަށް ގެންގޮސްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އޭނާގެ ޕޯސްޓްމޯޓަމް ހަދާފައިވަނީ ޓްރިވެންޑްރަމްގެ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައެވެ. ސިދުރަތުﷲގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހެދީ އޭނާގެ ހަށިގަނޑުން ޒަޚަމްތަކެއް ހުރުމާއި އެއީ ޤުދުރަތީ މަރެއްކަމާއިމެދު ޝައްކު އުފެދުމުންނެވެ.

ޕޯސްޓްޕޯޓަމް ހެދުމަށްފަހު އޭނާގެ ހަށިގަނޑު މާލެގެނެސް އޭނާގެ މައްޗަށް ކަށު ނަމާދު ކޮށްފައިވަނީ މިރޭ އިޝާނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ. އަދި އޭނާ ވަޅުލާފައިވަނީވެސް އާސަހަރާގައެވެ.

ޕޯސްޓްމޯޓަމް ހެދުމަށްފަހު އޭނާގެ ހަށިގަނޑު މާލެ ގެނެސް މިރޭ ވަޅުލާފައިވާއިރު މިމައްސަލައާއި ގުޅިގެން ފުލުހުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ފުލުހުންގެ އިދާރާއިން ވަނީ، މިދިޔަ މަހުގެ 22ވީ ބުރާސްފަތި ދުވަހުގެ ހެނދުނު، 9:00 އާއި 10:00 އާއި ދެމެދު ސިދުރަތުﷲ ރަސްފަންނާއި ދިމާއަށް މޫދަށްއެރެން ދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުވެސް އާއްމުކޮށްފައެވެ. އަދި ސިދުރަތުﷲ އެސަރަހައްދުން ދުށް، ނުވަތަ ބައްދަލުވި މީހަކު، ނުވަތަ އޭނާ އާއި ގުޅޭ މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ އެ މައުލޫމާތެއްވެސް ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު