ދީނީ އިލުމުވެރިޔާ ޞައިޙް އިލްޔާސް ހުސައިން
ދީނީ އިލުމުވެރިޔާ ޞައިޙް އިލްޔާސް ހުސައިން
ޓީވީ ޕްރޮގްރާމެއްގައި ފްރާންސް މީހުން މެރުމަށް ފަތުވާ ނެރުނުކަމަށް ބުނެ ދެއްކި ވާހަކައަކީ އިލްމަށް ނިސްބަތްވާ ފަރާތްތަކަށް ނިސްބަތްކޮށް ދެއްކި ވާހަކައެއް ނޫންކަމަށް ދީނީ އިލުމުވެރިޔާ ޞައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް މިހެން ވިދާޅުވެފައި މިވަނީ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ފަރަންސޭސި ވިލާތުން އަންނަ މީހުން މެރުމަށް ބަޔަކު ފަތުވާ ދީފައިވާކަމަށް ވިދާޅުވެ ޝައިޚް އިލްޔާސް ދެއްކެވި ވާހަކަތަކާއި ގުޅިގެން ދީނީ އިލްމުވެރިން ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝައިޚް އިލްޔާސް ވިދާޅުވީ ކުރިކަމެއް ކުރީ ފްެރާންސްގެ ރައީސްކަމަށާއި އޭގެ ބަދަލުގައި ފްރާންސްގެ އާއްމު ރައްޔިތުން މެރުމަށް ގޮވާލުމަކީ އިސްލާމްދީނުގެ ނަމުގައި ކުރެވޭނެކަމެއް ނޫންކަމަށެވެ،

"ފްރާންސްގެ ރައީސް އެކުރި ކަމެއްކުރި ނަމަވެސް ފްރާންސްގެ އާއްމު ރައްޔިތުންގެ ތެރެއިން ބަޔަކު މިތަނަށް އައީމަ އެމީހުން މަރަން ފަތުވާދިނީމަ ކޮން އިސްލާމްދީނެއްގެ ދިފާއުގައިތޯ މިނުކުތީ. ރަސޫލާގެ ދިފާއުގައި މިނުކުތީ ނޫނީ ރަސޫލާގެ ރިސާލަތް ފުނޑާލަންތޯ މިނުކުތީ. ޖަޒުބާތުގައި ނުކުމެ ފްރާންސް ބޮއިކަޓްކޮށްލާށޭ، މިހެން ހަދާލާށޭ ކިޔާފައި ހަޅޭ ލެވިޔަސް އޭގެން ހައްލެއް ނާންނާނެ." ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

ޝައިޚް އިލްޔާސް ދެއްކެވި ވާހަކަތަކާއި ގުޅިގެން ދީނީ އިލްމުވެރިއެއްކަމަށްވާ ޝައިޚް ސައުދާން ވިދާޅުވީ ފަރަންސޭސި ވިލާތުން ރާއްޖެ އަންނަ މީހުން މެރުމަށް ރާއްޖޭގެ އެއްވެސް އިލްމުވެރިޔަކު ފަތުވާދީފައިވާނަމަ އެކަމުގެ ހެކި ޝައިޚް އިލްޔާސް ދައްކަވަންޖެހޭނެކަމަށެވެ. އަދި ބަޔަކު ރުއްސުމަށްޓަކައި ރައްޔިތުންނާއި އިލްމުވެރިންގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައިގެން ނުވާނެކަމަށްވެސް ޝައިޚް ސައުދާން ވިދާޅުވިއެވެ.



މިވާހަކަތަކަށް ރައްދުދެއްވަމުން ޝައިޚް އިލްޔާސް ވިދާޅުވީ ރާއްޖެ ޓީވީން ގެނެސްދިން އެންމެ ވަރުގަދަ ޝަޚްސިއްޔަތު ޕްރޮގްރާމްގައި އޭނާ ދެއްކެވި ފަތުވާގެ ވާހަކައަކީ އިލްމަށް ނިސްބަތްވާ ފަރާތްތަކަށް ނިސްބަތްކޮށް ދެއްކެވި ވާހަކައެއް ނޫންކަމަށެވެ. އަދި އެއީ ދީނުގެ ހުކުމްތައް ނުދަންނަ ބައެއް ފަރާތްތަކުން އެގޮތަށް ފަތުވާ ދޭތީ ދެއްކެވި ވާހަކައެއްކަމަށް އިލްޔާސް ވިދާޅުވިއެވެ.



އިލްޔާސް ވިދާޅުވީ ބޮއިކަޓް މައްސަލައިގައިވެސް އެއްވެސް ހާލެއްގައި ބޮއިކަޓް ނުކުރުމަށް ގޮވާނުލާކަމަށެވެ. އަދި އޭނާ ދެއްކެވި ވާހަކައިގެ މަފްހޫމަކީ ބޮއިކަޓް ކުރުމަކީ ހަމައެކަނި އޮތް ހައްލުނޫންކަމުގެ ވާހަކަ ކަަމަށް އިލްޔާސް ވިދާޅުވިއެވެ.

ކީރިތި ރަސޫލާގެ ކާޓޫނު ކުރަހައި އިސްލާމްދީނަށް ހަޖޫ ޖަހައި ވާހަކަ ދެއްކުމަކީ ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ހައްގު ކަމަށް ބުނެ ފްރާންސްގެ ރައީސް ދެއްކެވި ވާހަކަތަކާއި ގުޅިގެން މުސްލުމުން ވަނީ މިކަމާ ވަރަށް ހިތްހަމަ ނުޖެހި ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ވެސް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން