ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސްން އަނީސާ އަހުމަދު
ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސްން އަނީސާ އަހުމަދު
ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ އަންހެނުންނަށް އިންސާފު ލިބެން ފަށައިފި ކަމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސަން އަނީސާ އަހުމަދު ވިދާޅުވެއްޖެއެވެ.

އަނީސާ މިހެން ވިދާޅުވީ 2018 ވަނައަހަރުގެ ތެރޭގައި މާލޭގައި އާޓް ސްޓޫޑިއޯއެއްގެ ތެރޭގައި އަންހެނަކު ރޭޕްކުރި މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވުނު މީހާގެ މައްޗަށް ކުށް ސާބިތުވެ 15 އަަހަރުގެ ޖަލު ހުކުމެއް އެމީހާގެ މައްޗަށް އައުމާއި ގުޅިގެން އެކަމަށް އިޝާރަތްކުރައްވަމުންނެވެ. އަނީސާ ވިދާޅުވީ، އަންހެނުންނަށް ޖިންސީ ގޮތުން ކުރާ އަނިޔާތަކަށް އިންސާފު ލިބެން ފަށައިފި ކަމަށާއި ކުރިއަށް އޮތް ތަނުގައި މިފަދަ ކޭސްތަކުގައި އަނިޔާ ލިބޭ ފަރާތަށް އިންސާފު ގާއިމު ވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކުރެހުންތެރިއެއްގެ ގޮތުގައި އާޓް ސްޓޫޑިއޯއެއްގައި މަސައްކަތް ކުރި ގދ. ތިނަދޫ ހަސަން ފާއިޒު (ޖޭސަން) ގެ މައްޗަށް އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ އަންހެން ކުއްޖާ ރޭޕް ކޮށްފައި ވަނީ ޕްރޮޖެކްޓެއްގެ މަސައްކަތެއް ކުރުމަށް އެ ސްޓޫޑިއޯއަށް ދިޔަ ރެއެއްގައެވެ. އެ އަންހެންކުއްޖާ ރޭޕް ކުރުމަށް ފަހު އެކަން ސިއްރު ކުރުމަށް ޖޭސަން ފައިސާގެ ގޮތުގައި 16،000 ރުފިޔާ ދޭނެ ކަމަށް ބުނެފައިވާ ކަމަށް ވެސް އެ އަންހެން ކުއްޖާއާ ހަވާލާދީ ބައެއް މީޑިޔާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ޖޭސަން އަކީ ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކުގެ ކޮއްކޮއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން