އިދިކޮޅު ޕީއެންސީގެ ނައިބުރައީސް މުޙައްމަދު ސަޢީދު
އިދިކޮޅު ޕީއެންސީގެ ނައިބުރައީސް މުޙައްމަދު ސަޢީދު
މާލީ މުއައްސަސާތަކުގެ ލަފައާއި ރޭޓިންތައް ބަލައިނުގަތުމުން ދައްކުވައިދެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ޖާހިލުކަން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބުރައީސް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން އިއްޔެ ފިޗް ރޭޓިންގސްއިން ދަށްކުރުމާ ގުޅިގެން، ފިޗުގެ ރޭޓިން ބަލައިނުގަންނަ ކަމުގައި ބުނެ، ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ފިޗުން ދިން ރޭޓިން ޤަބޫލުނުކުރާ ކަމަށް ސަރުކާރުން ބުނުމާ ގުޅިގެން ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އިޤުތިޞާދީ ވަޒީރުގެ މަޤާމުގައި ހުންނެވި ސަޢީދު ވިދާޅުވީ މާލީ މުއައްސަސާތަކުން ދޭ ލަފައާއި އިރުޝާދާއި ރޭޓިންތަކަށް ސަރުކާރުން އިންކާރުކުރުމުން ދައްކުވައިދެނީ ރައީސް އިބްރާހީމްގެ ސަރުކާރުގެ ޖާހިލުކަން ހުރި މިންވަރު ކަމަށެވެ.

އެގޮތުން ދެ އަހަރު ދުވަސް ތެރޭގައި ރާއްޖޭގެ ކުރެޑިޓު ރޭޓިން "ބީ+" ރޭޓިންއަކުން "ބީ"އަށް ވެއްޓި" ރާއްޖޭގެ ދަރަޖަ ފިޗުން ތިރިކުރުމުން ދިވެހި ސަރުކާރުން އެކަން ބަލައިނުގަތުމަކީ ޖާހިލުކަމުގެ އަމަލެއްގެ ގޮތުގައި ސަޢީދު ވަނީ ސިފަކުރައްވާފައެވެ. ހަމައެހެންމެ ދިވެހިރާއްޖޭގެ މާލީ ޙާލަތާމެދު ދުނިޔޭގެ އެންމެ ބޮޑު އެއް މާލީ އިދާރާކަމުގައިވާ ވޯލްޑު ބޭންކުން ދިން ރައުޔުވެސް ސަރުކާރުން ބަލައިނުގަތުމަކީ ޖާހިލުކަމުގެ އަމަލެއް ކަމަށް ސައީދު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ރޭޓިން ދަށްކޮށް، އެ ނިންމުން ނިންމަން ހެދި އެސެސްމެންޓްތުތައް ޤަބޫލު ނުކުރާކަމަށެވެ. އިއްޔެގެ ވަގުތެއްގައި ފިޗުން ނެރުނު ރޭޓިންގައި ރާއްޖޭގެ ބޭރުގެ ދަރަނި އިތުރުވެ ދަރަނި ނުދެއްކި ސޮވެރިން ޑިފޯލްޓަކަށް ދިޔުމުގެ ފުރުސަތު ބޮޑު ކަން ވަނީ ފާހަގަކޮށްފައެވެ. ދިވެހިރާއްޖޭގެ ރޭޓިން "ސީސީސީ"އަސް ދަށްކުރި ސަބަބެއް ކަމުގައި ފިޗުން ބުނެފައިވަނީ ކުރިން ފިޗުން އަންދާޒާކުރި މިންވަރަށްވުރެ ރާއްޖެއަށް ބޭރުގެ ދަރަނި އަދާކުރުމަށް އޮތް އިލްތިޒާމުތަކުގެ ފިއްތުން ބޮޑުވެފައިވާތީ ކަމަށެވެ. އަދި ރާއްޖެއަށް ބޮޑު ގެއްލުމެއް ނުލިބި ބޭރުގެ ދަރަނި އަދާކުރުމަށް އޮތް ފިއްތުން ނުވަތަ ދަތިކަން ދިގުލައިދިއުން ކަމުގައިވެސް ފިޗުން ބުނެ އެވެ.

އަދި ކޮރޯނާ ވައިރަސްގެ ސަބަބުން އިޤުތިޞާދަށް ކުރިމަތިވި ޝޮކުގެ ސަބަބުންނާއި، އުމްރާނީ މަސައްކަތްތައް ކުރުމަށް ނަގާ ދަރަނީގެ ސަބަބުން ރާއްޖޭގެ ދަރަނީގެ ބުރަ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ފިޗުން ބުނެފައިވެއެވެ.

ފިޗުން ދިން ރޭޓިން ޤަބޫލު ނުކުރާކަމަށް ބުނެ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖެ އަދި ދުވަހަކުވެސް ސޮވެރިން ޑިފޯލްޓް ވެފައިނުވާކަމަށެވެ. އަދި މުސްތަޤްބަލުގައިވެސް މިގޮތުގައި ދަމަހައްޓަން ތައްޔާރަށް އޮތް ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފައިވެއެވެ.

މީގެ އިތުރުން ސަރުކާރުންވަނީ ރާއްޖޭގެ ކޮވިޑު-19 ގެ ހާލަތު ސަރުކާރުން ކޮންޓްރޯލްކޮށްފައިވާ ކަމަށާއި އަދި ފަތުރުވެރިކަންވެސް މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް ބުނެފައެވެ. މީގެއިތުރުން ބޭރުގެ ފަރާތްތަކުންވެސް މާލީ އެހީތެރިކަން ލިބިފައިވާ ކަމަށާއި އަދިވެސް އިތުރުފަރާތް ތަކުން އެހީ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން