ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ރާއްޖެއަށް ދިމާވެފައިމިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ހިކުމަތްތެރި އަދި ޤާބިލުވެރިޔަކު ބޭނުންވާކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ރާއްޖެއަކީ ފޮރިން އިންވެސްޓްމަންޓްތަކަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޤައުމެއްކަމަށެވެ. އަދި ރޭޓިންގ ދަށްކުރުމަކީ އެކަމުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ގެއްލިފައިވާކަމަށާއި ރާއްޖޭގައި އިންވެސްޓްކުރަންވެސް ބޭނުންނުވާކަަށެވެ. އަދި މިކަމުން އަރައިގަތުމަށް ޤާބިލު އަދި ހިކުމަތްތެރި ވެރިޔަކު ބޭނުންވާކަމަށް ޝިޔާމް ވިދާޅުވިއެވެ.



ރާއްޖޭގައި ބޭރު ފައިސާ މަދުވެ ދަރަނި އިތުރުވުމާ ގުޅިގެން، ކްރެޑިޓް ރޭޓިން ކުންފުނި، ފިޗުން ރާއްޖޭގެ ރޭޓިން "ބީ" އިން "ސީސީސީ" އަށް ވަނީ ދަށްކޮށްފައެވެ. މިއީ މި އަހަރު ރާއްޖޭގެ ރޭޓިން ދަށްކުރި ދެ ވަނަ ފަހަރު ކަން ފާހަގަކޮށްލެެވެއެވެ. ފިޗުން ބުނީ ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވަނީ ބޭރު ފައިސާ ހޯދުން ދަތިވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ހީނަރުވުމާއި ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ދަރަނި އިތުރު ވުމުގެ ސަބަބުން ކަމަށެވެ. ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރި ނޭދެވޭ އަސަރާ ހެދި މިދިޔަ އޭޕްރިލް މަހު ވެސް ރާއްޖޭގެ ރޭޓިން "ބީ ޕްލަސް" އިން "ބީ" އަށް ދަށްކޮށްފައިވެއެވެ.

ފިޗުން ބުނާގޮތުގައި ރާއްޖެއިން ފާއިތުވި މަސްތަކުގައި މާލީ އެހީ ހޯދި ނަމަވެސް ބޭނުންކުރަން ހުރި ބޭރު ފައިސާ މަދުވެފައިވާ ކަމަށެވެ. އަދި ޓޫރިޒަމް ރަނގަޅު ނުކޮށް ރާއްޖެއަށް ޑޮލަރު އިތުރު ނުކުރެވޭނެ ކަމަށް ވެސް ފިޗުން ބުނެ އެވެ. އެހެންވެ ބޭރުގެ ގައުމުތަކަށް ބަރޯސާވާން ޖެހޭ މިންވަރު އިތުރުވެފައިވާކަން ފިޗުން ފާހަގަކޮށްފައިވެ އެވެ. ފިޗުން ލަފާކުރާގޮތުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުން 2004 ވަނަ އަހަރުގެ ސުނާމީ އާއި 2009 ވަނަ އަހަރުގެ ފައިނޭންޝަލް ކްރައިސިސްގައި ލިބުނު ގެއްލުމަށް ވުރެ ބޮޑުވާނެ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ފެށި ނަމަވެސް އިގްތިސާދު ރަނގަޅުވާނީ 2022 ގައި ކަމަށް ފިޗުން ލަފާކުރެއެވެ.ފިޗުން އަންދާޒާކުރާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގްތިސާދު 30 ޕަސެންޓު ދަށަށް ދާނެ އެވެ. ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވިކަން ރަމްޒުކޮށްދޭ ދަރަޖައެކެވެ.


ކިޔުންތެރިންގެ ހިޔާލު


0

ސަޢީދު

09-Nov-2020

ތި ބުނާ ގެރި ތިބީ ނައިފަރު ގަ ދޯ



ޓްރެންޑިން