ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް
ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު ކޯވިޑް19 ޖެހިގެން މަރުވެ، އެ ރިސޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި ފަތުރުވެރިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނިކޮށެވެ.

ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަތުރުވެރިކަން ކުރިއަށްގެންދިއުމުގައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަން މުހިންމުކަމަށެވެ. އެހެންކަމުން ފަތުރުވެރިންނަށް ޚިދުމަތްދޭ ހުރިހާ ފެސިލިޓީތަކެއްގެ މުވައްޒަފުންގެ ރެންޑަމް ސާންޕަލް ނެގުމުގެ މަސައްކަތް ފަށަން އުޅޭކަން މިނިސްޓަރ ވަނީ އިޢުލާން ކުރަށްވާފައެވެ.



ޓޫރިޒަމް މިނިސްޓްރީން ބުނީ ފަތުރުވެރިންނަށް ޚިދުމަތްދިނުމުގެ ހުއްދަ ދޫކޮށްފައިވާ އެއްވެސް ތަނަކުން ގައިޑްލައިން އަދި އެސްއޯޕީއަށް އަމަލުނުކުރާނަމަ އެފަރާތަކަށް ދީފައިވާ ހުއްދަ ބާތިލްކުރާނެކަމަށެވެ. އެގޮތުން ބައެއް ތަންތަނުން އެސްއޯޕީތަކާއި އަދި ގައިޑްލައިންތަކަށް އަމަލުނުކުރާކަން ފާހަގަވެފައިވާކަމަށާއި ގައިޑްލައިންތަކާއި އެސްއޯޕީތައް ހަދާފައިވަނީ ފަތުރުވެރިންނާއި އެތަނެއްގެ މުވައްޒަފުން އަދި މުޅި މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްކަން ޓޫރިޒަމް މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން