ޖުމްހޫރީދުވަހަށް މާލޭގެ މަގުތައް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މާލޭގެ މަގުތައް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށާފައި ވަނީ ސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެނެވެ.
މި ޕްރޮގްރާމަކީ މާލޭގެ މަގުތަކަށް އަޅާފައިވާ ކުނިތައް ނަގާ ސާފުކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި މިމަސައްކަތް ކުރިއަށްގެންދާނީ ވެމްކޯގެ 40 މުވައްޒަފުންނާއި ސިޓީކައުންސިލްގެ މުވައްޒަފުން ހިމެނޭގޮތަށް 7 ގުރޫޕަކަށް ބަހާލައިގެންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މިހަރަކާތުގެ އަމާޒަކީ ހަފްތާއެއްގެ ތެރޭގައި މުޅި މާލެ އެއްކޮށް ސާފު ކުރުންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ސިޓީ ކައުންސިލުން ބުނީ މި ހަރަކާތުގެ ދަށުން މާލޭގެ ހުރިހާ މަގެއް ސާފުކުރުމަށް ނިންމާފައިވާކަމަށެވެ.
މާލޭގެ އިތުރުން ވިލިމާލެއާއި ހުޅުމާލޭގައިވެސް މި ޕްރޮގްރާމް ކުރިއަށްގެންދާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މާލެއަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި މާލެ ސާފުކުރުމުގެ މިފަދަ ޕްރޮގްރާމްތައް މަދުން ނަމަވެސް މީގެކުރިންވެސް ހިންގާފައި ވެއެވެ. މިހާރުވެސް މަގުތައް ސާފުކޮށް ބޭއްވުމަށްޓަކައި ކޮންމެ ރެއަކު ވެމްކޯގެ މުވައްޒަފުން އަންނަނީ މަގުތަކުގައި ކުނިކަހަމުންނެވެ.

— Male' City Council (@MaleCitymv) November 7, 2020
މާލޭގެ އިތުރުން ވިލިމާލެއާއި ހުޅުމާލޭގައިވެސް މި ޕްރޮގްރާމް ކުރިއަށްގެންދާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މާލެއަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި މާލެ ސާފުކުރުމުގެ މިފަދަ ޕްރޮގްރާމްތައް މަދުން ނަމަވެސް މީގެކުރިންވެސް ހިންގާފައި ވެއެވެ. މިހާރުވެސް މަގުތައް ސާފުކޮށް ބޭއްވުމަށްޓަކައި ކޮންމެ ރެއަކު ވެމްކޯގެ މުވައްޒަފުން އަންނަނީ މަގުތަކުގައި ކުނިކަހަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު