ބައިނަލްއަޤްވާމީ މުޖްތަމަޢުން ރާއްޖޭގެ ސަރުކާރު ބަލައިގަންނަނީ "ސީ" ކެޓަގަރީގެ ސަރުކާރެއްގެ ގޮތުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދުގެ ސަރުކާރަކީ ނާޤާބިލް ސަރުކާރެއްކަން ދިވެހިންނަށް އެނގި ނިމިއްޖެކަމަށެވެ. އަދި ބޭރު މީހުން ރާއްޖޭގެ ސަރުކާރާމެދު ދެކޭގޮތް ބެލުން މުހިއްމުކަމަށާއި، ބައިނަލްއަޤްވާމީ މުޖްތަމަޢުން ރާއްޖޭގެ ސަރުކާރު ބަލައިގަންނަނީ "ސީ" ކެޓަގަރީގެ ސަރުކާރެއްގެ ގޮތުގައިކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
ފިޗުން އެންމެފަހުން ދިން ކްރެޑިޓް ރޭޓިންސްގައި ރާއްޖެއަށް "ސީސީސީ"ގެ ރޭޓިންގއެއް ދިނުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި ދަރަނި ނެގުމުގައި ސަރުކާރުން ޒިންމާދާރު ގޮތެއްގައި މަސައްކަތްނުކުރާކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ. މިކަމުގެ ސަބަބުން ރާއްޖެއާމެދު ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލި، ރާއްޖެއަށް އިންވެސްޓްމަންޓްތަކުގެ ފުރުޞަތުތައް ގެއްލިގެންދާނޭކަމަށް ތަޖުރިބާކާރުން ބުނެއެވެ.

Dhivehin Dhivehinge Verikan Vazan koh Nimmaifi.Dhivehinnah Egijje Mee Naagaabilu Sarukaareh Kan.Dhen Othee Dhuniye in Vazankuraanee kihineiy tho Belun.Mihen Thibbaa Dhuniye in mi Nimmee Mee “C” Category ge Sarukaareh kamah.#CreditRating#MDP👎🏼 #VotePPM💞
— Ibrahim Shujau 💙 (@shuja3831) November 7, 2020
ފިޗުން އެންމެފަހުން ދިން ކްރެޑިޓް ރޭޓިންސްގައި ރާއްޖެއަށް "ސީސީސީ"ގެ ރޭޓިންގއެއް ދިނުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި ދަރަނި ނެގުމުގައި ސަރުކާރުން ޒިންމާދާރު ގޮތެއްގައި މަސައްކަތްނުކުރާކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ. މިކަމުގެ ސަބަބުން ރާއްޖެއާމެދު ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލި، ރާއްޖެއަށް އިންވެސްޓްމަންޓްތަކުގެ ފުރުޞަތުތައް ގެއްލިގެންދާނޭކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު