ފުލުހުންގެ ހިދުމަތް-
ފުލުހުންގެ ހިދުމަތް-
ހުޅުމާލޭގެ ފިހާރައެއްގައި ބަހައްޓާފައި ހުރި ޑިޖިޓަލް ބިލްބޯޑެއްގައި ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ހިއްސާކުރި މަޢުލޫމާތުގައި ބުނެފައިވަނީ، ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ދައްކަމުންދާ ކަމުގެ ރިޕޯޓް ރޭ ދަންވަރު 03:23 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އާންމު ތަނެއްގައި ހުރި އިސްތިހާރު ބޯޑަކުން މިފަދަ ހުތުރު އަދި އިސްލާމީ މުޖުތަމަޢެއްގެ އަދަބުއަޚްލާޤާ ޚިލާފު މަންޒަރެއް ފެންނަން ދިމާވި އަސްލު ސަބަބު ދެނެގަތުމަށްޓަކައި ކުރަންޖެހޭ ތަޙުޤީޤުތައް މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގި ވިނަރެސް 3 ގެ ފިހާރައިގެ ނަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. މިފަދަ ކަންކަމަކީ ދިވެހި މުޖުތަމަޢުގެ އިޖުތިމާޢީ މިންގަނޑުތަކާއި އާންމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކަމަށްވާތީ، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް