މާލެ ސިޓީގައި ރޭގަނޑު 12:00 ވަންދެން ބޭރުގައި އުޅެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
އެޗްޕީއޭއިން މިރޭ ވަނީ ކޮވިޑް-19އިން ރައްކާތެރިވުމަށް މާލެ ސަރަހައްދަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ނިއްމާފައެވެ. އެގޮތުން މާލެ ސިޓީގައި ކާފިއުގެ ވަގުތު ވަނީ ރޭގަނޑު 12:00 އިން ފަތިހު 4:00 އަށް ބަދަލުކޮށްފައެވެ. މީގެ ކުރިން ކާފިއު ވަގުތަކީ، ރޭގަނޑު 11:00 އިން ފަތިހު 4:00 އަށެވެ.
އެޗްޕީއޭގެ އެ ނިންމުމާއެކު ރޭގަނޑު 12:00 އިން ފަތިހު 4:00 އަށް މާލެ ސިޓީގައި އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުމުގެ ހުއްދަ އޮންނާނެ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އެންގުމުގައި ވެއެވެ. އޭގެ އިތުރުން 14 މީހުންނަށްވުރެ ގިނައިން އެއްތަނަކަށް އެއް ނުވެވޭނެ ގޮތަށްވެސް ވަނީ ލުއި ދީފައެވެ. ބައެއް ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް އަދިވެސް މާލެ ސިޓީން ރާއްޖޭގެ އެހެން ރަށްތަކަށް ދަތުރު ކުރާއިރު ކަރަންޓީންވުން ވަނީ ލާޒިމްކޮށްފައެވެ. އެ ނިންމުމަކަށް ބަދަލެއް ނުގެނެއެވެ.
ދެން ލުއި ދީފައިވަނީ ބައެއް ކުޅިވަރުތައް ކުޅުމަށެވެ. އެގޮތުން ޔޫތް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން މުބާރާތްތައް ފިޔަވައި، ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމުގެ ހުއްދަ ވެސް މިރެއިން ފެށިގެން ވަނީ ދީފައެވެ. ކުޅިބަލަން ވަދެވޭނީވެސް 15 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. މީގެއިތުރުން ޕާކްތަކާއި މައިޒާންތަކާއި ދާރުލްއާސާރުތަކާއި އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވާލުމާއި، ހައި ރިސްކް މީހުންނަށް ރައްކާތެރި ފިޔަވަޅުތަކާއެކު އޮފީސްތަކަށް ނުކުމެ މަސައްކަތް ކުރުމުގެ ހުއްދަ ދިނުމަށް ވެސް އެޗްޕީއޭ އިން ވަނީ ނިއްމާފައެވެ.

ކިޔުންތެރިންގެ ހިޔާލު