ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙަައްމަދު ސޯލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙަައްމަދު ސޯލިޙު
އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑެންއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙަައްމަދު ސޯލިޙު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕާ ވާދަކުރައްވައި އިލެކްޓޯރަލް ވޯޓުން ކުރި ހޯއްދަވައި، ބައިޑެން ވަނީ މިހާތަނަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ރިޔާސީ ކެނޑިޑޭޓްގެ ލަޤަބު ވެސް ހޯއްދަވައި އެމެރިކާގެ 46 ވަނަ ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގެންފައެވެ.

ރައީސް އިބްރާހީމް ކުރެއްވި ޓްވީޓެއްގައި އެމެރިކާގެ 46 ވަނަ ރައީސްކަމުގެ މަޤާމު ކާމިޔާބު ކުރެއްވި ބައިޑެން އަށް މަރުޙަބާ ވިދާޅުވެ ހެއު އެދުންތައް ފޮނުއްވާފައި ވެއެވެ. އަދި އެމެރިކާއާއި ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށާއި، ޚާއްސަކޮށް ކޮވިޑް-19 އިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުން ފެށިގެން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި ވެސް އެކުގައި މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް އިބްރާހީމް ވިދާޅުވިއެވެ.

އިންތިޚާބީ ރައީސަކަށް ބައިޑެން ވެވަޑައިގަތުމާއެކު، އިންތިޤާލީ މަރުޙަލާގައި އެ މަނިކުފާނުގެ އައު ވެރިކަން ޤާއިމު ކުރުމަށް ކުރަން ޖެހޭ ކަންކަން ފެށިގެންދާއިރު 3 މަސް ދުވަހުގެ ތެރޭގައި ކެބިނެޓް އެކުލަވާލައި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ވެއްޓިފައިވާ އެ ޤައުމުގެ އިޤްތިސާދު ކޮޅަށް ނަގައި އާ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން ފަށާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން