ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް
ކޮރަޕްޝަނަކީ ރާއްޖޭގައި މީހުން ކުރަން ބިރު ގަންނަ ކަމަކަށް ހަދައިދޭނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝަމީމް ވިދާޅުވީ ބައެއްކަހަލަ މައްސަލަތަކަކީ ސަކަރާތް ނުޖެހޭނެ މައްސަލަތައް ކަމަށާއި، އެގޮތުން ޖިންސީ ގޯނާއާއި، ކުޑަކުދިންނާ ދެކޮޅަށް ހިންގާ ޖަރީމާ ތަކާއި ކޮރަޕްޝަންގެ ޢަމަލު ތަކަކީ ރާއްޖޭގައި މީހުން ކުރަން ބިރު ގަންނަ ކަންކަމަށް ހަދައިދޭނެ ކަމަށެވެ. އަދި ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، ކުޑަކުދިންނާއި ބެހިފައި ސަލާމަތުން ނޫޅެވޭނެކަން މުޖުތަމަޢުގެ އެންމެންނަށް މިހާރު އެނގޭނެ ކަމަށެވެ. އެފަދަ މީހުންގެ ފަހަތުން ޕީޖީ ދާނެ ކަމަށާއި، ދަޢުވާކޮށް ޖަލަށްވެސް ލާނެކަމަށާއި، އެފަދަ ވަރުގަދަ މެސެޖެއް ކޮރަޕްޝަނާ ދެކޮޅަށްވެސް ދޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ރާއްޖެއިން ކޮރަޕްޝަން ނައްތާލާނަން. އަދި ކޮރަޕްޝަނަކީ ރާއްޖޭގައި މީހުން ކުރަން ބިރު ގަންނަ ކަމަކަށް ހަދައިދޭނަން." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޢަދުލު އިންސާފުގެ މަގު ދިގު ވުމަކީ ކުށްތަކަށް އަރައިގަތުމަށް ކުށްވެރިންނަށް ލިބޭ ހިތްވަރެއް ކަމަށާއި، އެހެންކަމުން އެ މަސައްކަތް އަވަސް ކުރުމުގެ މަސައްކަތް ޕީޖީ އޮފީހާއި، ފުލުހުންނާއި، ކޯޓްތައް ގުޅިގެން ކުރިއަށް ގެންދަވާ ކަމަށެވެ.

މިހިނގާ ނޮވެންބަރު މަސް ވާނީ ބުރަ މަހަކަށް ކަން ފާހަގަކުރަށްވައި ޝަމީމް ވިދާޅުވީ މިއިން ޒަމާނަކު ކޮރަޕްޝަންގެ މައްސަލަތައް ނުހިންގާ ހަލުވި މިނުގައި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތް ފެނިގެން ދާނެކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ބައިވެރިންގެ ތެރެއިން އެކަމުގައި އިސްކޮށް ހިމެނޭ ގިނަ ބައެއްގެ މައްސަލަތައް ކޯޓަށް ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށް ޝަމީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


0

އަލީ

09-Nov-2020

ތިޔަކަން ވެއްޖެއްޔާ ކިތަންމެ ހާވެސް ރަންގަޅު



ޓްރެންޑިން