ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުގެ ދަށުން، ކަޅުތުއްކަލާކޮށީގައި 15 ބުރީގެ ޢިމާރާތެއް އެޅުމަށް ޗައިނާގެ ކުންފުންޏަކާ ޙަވާލުކޮށްފިއެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި އިޢުލާނުކުރައްވާފައިވާ މުހިންމު ވަޢުދެކެވެ.
ކަޅުތުއްކަލާކޮށީގައި ތަރައްޤީކުރާ "އިންޓެގްރޭޓެޑް އެކޮމޮޑޭޝަން އެންޑް ލޮޖިސްޓިކްސް ބިލްޑިންގ" ޑިޒައިންކޮށް ޢިމާރާތްކުރުމަށް ޙަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަން ލިމިޓެޑާއެވެ.
ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ދިފާޢީ އަދި ޤައުމީ ޚިދުމަތާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ ފާޠިމަތު މިޒްނާ ޢަލީއެވެ. އަދި ރޯޓައިމް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޖޯ ވޭދޯންއެވެ.
މި މަޝްރޫޢަކީ ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށާއި، އަސްކަރީ އެކި އޮޕަރޭޝަންތައް ހިންގުމަށް ބޭނުންވާ އެކޮމޮޑޭޝަން އަދި ލޮޖިސްޓިކްސް ޚިދުމަތްތައް ފުޅާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މި ޢިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާސްގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި ދިފާޢީ ވުޒާރާ އަދި ކޮންޓްރެކްޓަރު ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު