ބީއެމްއެލް ރީޓެއިލަރސް ލޯނަށް ހެޔޮ ބަދަލުތަކެއް ގެނަސް ޕީއޯއެސް މެދުވެރިކޮށް ހިންގާ މުޢާމަލާތްތަކުގެ ތިންގުނައާ ހަމައަށް ލޯނު ދޫކުރުމަށް ނިންމައިފިއެވެ.
ބީއެމްއެލް އިން ބުނީ، މި ލޯނަކީ ވިޔަފާރިތައް ހިންގުމަށް ބޭނުންވާ ފައިސާ އާއި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދޫކުރެވޭ ލޯނެއް ކަމަށާއި، ބީއެމްއެލް އިސްލާމިކް ރީޓެއިލަރސް ފައިނޭންސިން އަށް ވެސް މިބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ވިޔަފާރިތަކުން ޕީއޯއެސް މެދުވެރިކޮށް ހިންގާ މުއާމަލާތްތަކުގެ ޖުމްލަ ވިޔަފާރީގެ ތިންގުނައާ ހަމަޔަށް ރީޓެއިލާސް ލޯނު ދޫކުރާނެ ކަމަށް ބީއެމްއެލްގެ ބަޔާނުގައި ވެއެވެ.
ބޭންކުން ބުނީ، ލޯނުގެ ޝަރުތުތަކަށް މިއަދު ގެނައި ބަދަލުތަކާއެކު، މަހެއްގެ މައްޗަށް ޕީއޯއެސް މެދުވެރިކޮށް ވިޔަފާރި ތަކުން ހޯދަންޖެހޭ އާމްދަނީ 50،000 ރުފިޔާއިން 30،000 ރުފިޔާއަށް ދަށްކޮށްފައިވާ ކަމަށާއި، މި ބަދަލާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ގިނަ ވިޔަފާރި ތަކަކަށް ލޯނަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ރީޓެއިލާސް ލޯނަށް ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރިތަކުން ވޭތުވެދިޔަ 12 މަސްދުވަހު މެދުކެނޑުމެއް ނެތި ޕީއޯއެސް އިން ވިޔަފާރީގެ މުއާމަލާތް ހިންގުން ހިމެނެއެވެ. އަދި ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް 30،000 ރުފިޔާ ހަމަކުރަން ޖެހޭއިރު އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ވިޔަފާރި ނުހިމެނުމަށް ބޭންކުން ވަނީ ނިންމާފައެވެ. ބޭންކުން ބުނީ އެގޮތަށް ނިންމާފައި ވަނީ އެ މަސްތަކަކީ ކޯވިޑް-19 ގެ ސަބަބުން ވިޔަފާރިތަކަށް އެންމެބޮޑު ހީނަރުކަމެއް ލިބުނު ދުވަސްތައް ކަމަށް ވާތީ ކަމަށެވެ.
ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް އަދި އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ، ކޯވިޑް-19 ގެ މިވޭތުވެދިޔަ މުއްދަތުގައި ވިޔަފާރިތަކަށް އެހީވުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް ބޭންކުންވަނީ އަޅާފައި ކަމަށެވެ. އެގޮތުން މިފަދަ ދަތި އުނދަގޫ ހާލަތެއްގައިވެސް ބޭންކުގެ އަމާޒަކީ ހަރުދަނާ ގޮތެއްގައި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

Amidst the ongoing challenges faced by businesses due to Covid-19, we have brought positive changes to our Retailers’ Loan to allow more businesses across the country to apply for the loan to finance daily needs or expansions.
— Bank of Maldives (@bankofmaldives) November 8, 2020
More details: https://t.co/GGWHsQbY7p pic.twitter.com/guXvNgqFVe
ރީޓެއިލާސް ލޯނަށް ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރިތަކުން ވޭތުވެދިޔަ 12 މަސްދުވަހު މެދުކެނޑުމެއް ނެތި ޕީއޯއެސް އިން ވިޔަފާރީގެ މުއާމަލާތް ހިންގުން ހިމެނެއެވެ. އަދި ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް 30،000 ރުފިޔާ ހަމަކުރަން ޖެހޭއިރު އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ވިޔަފާރި ނުހިމެނުމަށް ބޭންކުން ވަނީ ނިންމާފައެވެ. ބޭންކުން ބުނީ އެގޮތަށް ނިންމާފައި ވަނީ އެ މަސްތަކަކީ ކޯވިޑް-19 ގެ ސަބަބުން ވިޔަފާރިތަކަށް އެންމެބޮޑު ހީނަރުކަމެއް ލިބުނު ދުވަސްތައް ކަމަށް ވާތީ ކަމަށެވެ.
ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް އަދި އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ، ކޯވިޑް-19 ގެ މިވޭތުވެދިޔަ މުއްދަތުގައި ވިޔަފާރިތަކަށް އެހީވުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް ބޭންކުންވަނީ އަޅާފައި ކަމަށެވެ. އެގޮތުން މިފަދަ ދަތި އުނދަގޫ ހާލަތެއްގައިވެސް ބޭންކުގެ އަމާޒަކީ ހަރުދަނާ ގޮތެއްގައި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު