މާލޭގައި ހިންގާ ކެފޭ އެއް (ފޮޓޯ: ސޯޝަލް މީޑިއާ)
މާލޭގައި ހިންގާ ކެފޭ އެއް (ފޮޓޯ: ސޯޝަލް މީޑިއާ)
މާލޭ ސަރަޙައްދުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ރޭގަނޑު 11:30 އަށް ހުޅުވާފައި ބެހެއްޓޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސަވައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން އާންމުކޮށްފައިވާ ގޮތުން މާލޭ ސަރަޙައްދުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ދެން ބެހެއްޓޭނީ ފަތިހު 4:30 އިން ރޭގަނޑު 11:30އަށެވެ. އަދި ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ގަޑި ފަތިހު 5:00 ން ރޭގަނޑު 11:00 އަށް ވަނީ ބަދަލުކޮށްފައެވެ.

ކޯވިޑް-19ގެ ސަބަބުން ގްރޭޓަރ މާލޭ ސަރަހައްދުގައި ކުރިން ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަން ހުޅުވައިގެން ހިދުމަތްދިނުން ހުއްދަ ގަޑިއަކީ ފަތިހު 04:00 އިން ފެށިގެން ރޭގަނޑު 10:30އަށެވެ. އެހެންނަމަވެސް، 8 ނޮވެމްބަރު 2020 އިން ފެށިގެން މީހުންނަށް ބޭރުގައި އުޅެވޭނެ ގަޑިތަކަށް ބަދަލުގެނައުމާ ގުޅިގެން، މިފަދަ ހިދުމަތްދޭ ތަންތަނަށްވެސް ހިދުމަތްދެވޭނެ ގަޑި އިތުރުކުރަން ނިންމީކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުންވަނީ ހާމަކޮށްފައެވެ.

މީގެއިތުރުންވެސް، ކަސްޓަމަރުންނަށް ހުޅުވާލައިގެން ހިދުމަތްދޭ ތަންތަނުގައި އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަންވާނޭ ކަމުގައިވެސް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ބުނެފަައެވެ.

ކޯވިޑް-19 އައި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް އެޗްޕީއޭއިން ވަނީ ރެއިން ފެށިގެން ލުއި ދީފައެވެ، މި ލުޔާއެކު، މާލޭގެ ކާފިއު ގަޑި ވަނީ ދަންވަރު 12 އިން ފަތިހު 4 އަށް ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން