ފަރުކޮޅު މައްސަލައިގެ ޝަރީޢަތުގެ މަޖިލީސް ކުރިޔަށްދަނީ
ފަރުކޮޅު މައްސަލައިގެ ޝަރީޢަތުގެ މަޖިލީސް ކުރިޔަށްދަނީ
ށ. ފަރުކޮޅުގައި އެއާޕޯޓެއް ތަރައްގީކުރުމަށް އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލްކުރި މައްސަލައިގެ ބަދަލެއްގެ ގޮތުގައި 51.2 މިލިޔަން ޑޮލަރު ސަރުކާރުން ނަގައި ދިނުމަށް އަރާމް ޓްރެވަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.

ފަރުކޮޅުގައި އެއާޕޯޓެއް ހެދުމަށް އަރާމް ޓްރެވަލްސްއާ ސަރުކާރުން ޖޫން، 2013 ގައި 25 އަހަރުގެ މުއްދަތަށް އެއްބަސްވުން ހެދުމަށް ފަހު އެ މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ ތިމާވެށްޓަށް ގެއްލުން ވެދާނެތީ ކަމަށް ބުނެ ސަރުކާރުން ވަނީ އެއްބަސްވުން ބާތިލްކޮށްފަ އެވެ. އަދި އެއާޕޯޓްގެ އެއްބަސްވުމާ އެކު ގއ. އިންނަހެރާ އާއި އެރަށާ ގުޅިފައިވާ ރަށްތަކުގައި ރިސޯޓް ހަދަން 50 އަހަރަށް އަރާމް ޓްރެވަލްސްއަށް ކުއްޔަށް ދިިނުމުގެ އެއްބަސްވުން ވެސް ސަރުކާރުން ބާތިލްކުރި އެވެ.

މި މައްސަލަ ހުށަހަޅުއްވަމުން އަރާމް ޓްރެވަލްގެ ގާނޫނީ ވަކީލު ހަސަން މާޒް ޝަރީފް ވަނީ ސަރުކާރުން ފަރުކޮޅު ޕްރޮޖެކްޓް އެއްބަސްވުމާއި، އިންނަހެރާ އެއްބަސްވުން ބާތިލްކުރީ ޕްރޮޖެކްޓް ތަކާބެހޭ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމާއި އެކަމާ ގުޅިގެން ގާނޫނުގެ ދަށުން ބަދަލު ދޭން ޖެހޭނެކަމަށް ކަނޑައަޅައިދިނުމާއެކު، އެމައްސަލައިގެ ހައިކޯޓު މަރުހަލާގައި ހެކިންގެ ހެކިބަސް ނުނެގުމަށް އެ ކޯޓުން ނިންމާފައިވާ ނިންމުން ބާތިލްކޮށް ކޯޓަށް ހެކިން ހާޒިކޮށް ހެކީންގެ ހެކިބަސް ނެގުމާއި ފަރުކޮޅު އެއްބަސްވުން އެކިއުރޭޓް ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ގޮތުގައި ލިބެން ޖެހޭ އެއްލައްކަ އަށްޑިހަ ހާހަށްވުރެ ގިނަ ޑޮލަރު ނަގައި ދިނުމާއި، އިންނަރެހާ އެއްބަސްވުން އެކިއުރޭޓް ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލަށް، 51 މިލިއަން ޑޮލަރާއެކު ޖުމްލަ 51.2 މިލިޔަ ޑޮލަރު ނަގައިދިނުމަށް އެދިފައެވެ.



ފަރުކޮޅު އެއްބަސްވުން ގާނޫނާ ޚިލާފަށް ބާތިލް ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އަރާމް ޓްރެވަލްސް އިން ދައުވާ ކުރުމުން ސިވިލް ކޯޓުންނާއި ހައި ކޯޓުން ވެސް ކުރިން ނިންމާފައިވަނީ އެ ދެ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށެވެ.

އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދެވެ. ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން