ނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީއެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.
އެޗްއީއޯސީން ބުނީ 43 އަހަރުގެ އެ ބިދޭސީ މީހާ ނިޔާވެގެން ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށް ކަމަށާއި، އޭނާގެ މަރާ ގުޅޭ ގޮތުން ފަހުން މަޢުލޫމާތު ޙިއްސާ ކުރައްވާނެކަމަށެވެ.
އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުން ނިޔާވެގެން ހޮސްޕިޓަލަށް ގެންދާ މީހެއްނަމަ ކޮވިޑަށް ޓެސްޓު ކުރެއެވެ. ބިދޭސީ މީހާ ނިޔާވެފައިވަނީ ކޮވިޑުގެ ސަބަބުންތޯ ބެލުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.
ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 11،000 އިން މައްޗަށް ގޮސްފައިވާއިރު މި ބަލީގައި 39 މީހަކު ވަނީ ނިޔާވެފައެވެ. ފަހަކަށްއައިސް ކޯވިޑް ޖެހޭ މީހުންގެ ނިސްބަތް ދަށަށްދާން ފަށާފައި ވާތީ އެޗްޕީއޭ އިން ވަނީ، ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު