ރާއްޖެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް 24 މީހުން ޕޮޒިޓިވްވެ 26 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 11،986 އަށް އަރާފައެވެ. ރާއްޖެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި 06 ބިދޭސީންނެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖޭގައި އެކްޓިވް ކޭސް، ނުވަތަ ބަލިޖެހިފައި ތިބީ 847 މީހުންނެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 18 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 06 މީހުންނެވެ.
އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 60 މީހުންނަށެވެ. އެޗްޕީއޭއިން ބުނީ ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 1،392 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި މިވަގުތު އައިސޮލޭޝަންގައި ތިބީ 226 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 26 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 11،092 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.
އެޗްޕީއޭއިން ބުނީ 26 ރިސޯޓެއްގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 52 ފަތުރުވެރިންނާއި 138 މުވައްޒަފުން މިވަގުތު އެބަތިބި ކަމަށެވެ. އަދި މިވަގުތު މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން 14 ރަށެއްގައި ބައްޔަށް ޕޮޒިޓިވް މީހުން ތިބި ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.
މީގެ އިތުރުން، މިއަދު ނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީއެއް ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއެކު ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 40 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު