ޒަހީނުއްދީން ސަޢީދު   9 ނޮވެމްބަރު 2020 - 4:24
ސިދުރަތުﷲ އަހުމަދު
ސިދުރަތުﷲ އަހުމަދު
އައިޖީއެމްއެޗް ސަރަހައްދު މޫދުން މިދިޔަ މަހުގެ 23 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު ގދ. ވާދޫ، ރިމެމްބާ ކަދާވަޑު، މުހައްމަދު ސިދުރަތުﷲ އަހުމަދު މަރުވެފައިވަނީ ގެނބިގެން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފިއެވެ.

ޕޯސްޓްމޯޓަމް ހެދުމަށް ސިދުރަތުﷲގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސްފައިވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ. މިމަރާ ގުޅިގެން ސިދުރަތުﷲ ގެ އާއިލާއިން ވަނީ ބަޔަކު ނުވަތަ މީހަކު އޭނާ މަރާލާފައި މޫދަށް އެއްލާފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ. އެގޮތަށް އާއިލާ އިން ތުހުމަތުކުރަނީ އޭނާގެ ހަށިގަނޑުން ބޮޑެތި ޒަހަމްތަކެއް ފެންނަން ހުރުމުންނެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ސިދުރަތުﷲ މަރުވި ސަބަބު ދެނެގަތުމަށް އިންޑިއާއަށް އޭނާގެ ހަށިގަނޑު ގެންގޮސް ހެދި ޕޯސްޓްމޯޓަމްގެ ޕްލިމިނަރީ ރިޕޯޓްގައި ސިދުރަތުﷲ މަރުވި ސަބަބެއް ކަމަށް ފާހަގަކޮށްފައިވަނީ ގެނބިގެން ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގައި ހުރި ޒަހަމްތަކަކީ މޫދުގައި ހަށިގަނޑު އޮތްއިރު ލިބުނު ޒަހަމްތަކެއް ކަމަށް ބެލެވޭ ކަމަށް ޕޯސްޓްމޯޓަމް ހެދި ފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ކުރެވުނު ބައެއް ތަހުލީލުތަކުން ސިދުރަތުﷲ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަން އެނގޭ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. އަދި މިހާރުުވެސް ޕޯސްޓްމޯޓަމްއާ ގުޅިގެން ހަދަން ޖެހޭ އިތުރު ތަހުލީލުތައް ރާއްޖޭގައި ކުރިއަށްދާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ސިދުރަތުﷲގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އޭނާ ފެންނަ ސީސީޓީވީ ފްޓޭޖެއް އާންމުކޮށްފައެވެ. އެ ވީޑިއޯ އިން ފެންނަނީ އޭނާ ހިނގާފައި ގޮސް ރަސްފަންނުގެ މޫދާ ދިމާއަށް ދާ މަންޒަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން