ރާއްޖޭގެ ސްކޫލެއް. ސަރުކާރުން ވަނީ ރާއްޖޭގެ ދެ ސަރަޙައްދެއްގައި ޖޫނިއަރ ކޮލެޖް ޤާއިމް ކުރުމަށް ބަޖެޓްގައި ހިމަނާފައި
ރާއްޖޭގެ ސްކޫލެއް. ސަރުކާރުން ވަނީ ރާއްޖޭގެ ދެ ސަރަޙައްދެއްގައި ޖޫނިއަރ ކޮލެޖް ޤާއިމް ކުރުމަށް ބަޖެޓްގައި ހިމަނާފައި
ރާއްޖޭގެ ދެ ސަރަޙައްދެއްގައި ޖޫނިއަރ ކޮލެޖާއި، ލ.އަތޮޅުގައި ޓުއަރިޒަމް ޓްރެއިނިންގ ފެސިލިޓީއެއް ގާއިމް ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު ރައުސްމާލަކީ ރާއްޖޭގެ ޒުވާން އާބާދީ ކަމަށާއި، މި ދަނޑިވަޅަކީ ކުރިއަށް އޮތް ގަރުނަށް ބެލިކަމުގައި ވީނަމަވެސް ޒުވާނުންގެ އާބާދީ ނިސްބަތުން އެންމެ މަތީގައި ހުންނާނެ ވަގުތު ކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ އިގުތިސާދު އާރާސްތުކޮށް ވިލުންވެރި އިގުތިސާދެއް ބިނާކުރުމުގައި ޒުވާނުންގެ ދައުރު ފުޅާކުރުން ކަމަށް އަމީރު ވިދާޅުވިއެވެ.

އެގޮތުން ދިވެހި ޒުވާނުންނަކީ ގާބިލު، ފަންނީ އަދި ހިޔާލު ތަނަވަސް ބަޔެއް ކަމަށާއި ސަރުކާރުގެ އަމާޒަކީ ޒުވާނުންގެ ގާބިލިއްޔަތު އިތުރުކޮށް، އަދި މި ޒުވާނުންގެ ހުނަރާއި ގާބިލިއްޔަތު އުފެއްދުންތެރި ދާއިރާތަކަށް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަމަށް ކުރެވޭ މަސައްކަތުގެ ދަށުން އަންނަ އަހަރު ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ޕްލޭން ކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިގޮތުން ލ.އަތޮޅުގައި ޓުއަރިޒަމް ޓްރެއިނިންގ ފެސިލިޓީއެއް ގާއިމުކުރުމަށް ވާނީ ބަޖެޓުކުރެވިފައި. ހުޅުމާލެ، ކުޅުދުއްފުށި، ފުވައްމުލައް އަދި ރ.އަލިފުށީގައި އެންމެ ޒާމާނީ ޓިވެޓް އިންސްޓިޓިއުޓު ތައް ގާއިމުކުރުމަށް ވެސް ބަޖެޓުގައި ވާނީ ހިމެނިފައި. މީގެ އިތުރުން ރާއްޖޭގެ ދެ ސަރަހައްދެއްގައި ޖޫނިއަރ ކޮލެޖު ގާއިމުކުރުމަށާއި، ގައުމީ ޔުނިވަރސިޓީގެ ވަސީލަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޅާ ކުރުމަށް ވެސް ބަޖެޓުގައި ހުށަހަޅާފައިވާނެ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ކޯވިޑް-19 ގެ ޙާލަތުންވެސް ދަސްވި ފިލާވަޅަކީ، ޒުވާނުންނަށް ތަފާތު އެކިއެކި ހުނަރުތައް ދަސްކޮށްދިނުމުގެ މުހިއްމުކަން ކަމަށާއި، ރެޒިލިއަންޓް ވޯކްފޯސްއެއް ބިނާކުރުމުގެ މުހިއްމުކަން ކަމަށް އަމީރު ވިދާޅުވިއެވެ. ޒުވާނުންގެ ހުނަރު ތަރައްގީކުރުމަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، 2021 ވަނަ އަހަރުގެ ބަޖެޓުގައި ވާނީ ގިނަ މަޝްރޫއުތަކަކާއި ޕްރޮގްރާމް ތަކެއް ރޭވިފައި ކަން މިނިސްޓަރ އަމީރު ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން