ޖަޒީރާ ރާއްޖޭގެ ސިޔާސަތުގެ ދަށުން ހިލޭ ޑިގްރީ އަށް ކިޔަވައިދިނުމުގެ ޕްރޮގްރާމުން މިހާތަނަށް 7800 ދަރިވަރުންނަށް ފުރުސަތު ދީފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، 2021 ވަނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް 4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށާއި، ތައުލީމީ ދާއިރާއަކީ އެއްދާއިރާއަކުން އެންމެ ގިނަ އަދަދަކަށް މަޝްރޫއުތައް ރޭވިފައިވާ އެއް ދާއިރާ ކަމަށެވެ.
"މިސަރުކާރުގެ ފުރަތަމަ އަހަރު ތައާރަފު ކުރި ޑިގްރީ ފެންވަރަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމަކީ މަތީތަޢުލީމުގެ ދާއިރާއިން އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ކާމިޔާބީ. މިހާތަނަށް މި ޕްރޮގްރާމް ގެ ދަށުން 7,800 އަށް ވުރެ ގިނަ ކުދިންނަށް ހިލޭ ކިޔެވޭނެ މަގު ވަނީ ފަހިކޮށްދީފައި. 2021 ވަނަ އަހަރު މަތީ ތައުލީމު ހާސިލް ކުރުމަށް ދަރިވަރުންނަށް ދެމުންގެންދާ ހަޔަރ އެޑިއުކޭޝަން ލޯން ސްކީމަށާއި، ހިލޭ ފަސްޓް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ޕްރޮގްރާމަށާއި ސްކޮލަރޝިޕްތަކަށް 551 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ބަޖެޓުކުރެވިފައިވޭ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
ދިވެހި ޒުވާނުންނަކީ ގާބިލު، ފަންނީ އަދި ހިޔާލު ތަނަވަސް ބަޔެއް ކަމަށާއި ސަރުކާރުގެ އަމާޒަކީ ޒުވާނުންގެ ގާބިލިއްޔަތު އިތުރުކޮށް، އަދި މި ޒުވާނުންގެ ހުނަރާއި ގާބިލިއްޔަތު އުފެއްދުންތެރި ދާއިރާތަކަށް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަމަށް ކުރެވޭ މަސައްކަތުގެ ދަށުން އަންނަ އަހަރު ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ޕްލޭން ކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން ވަޒީފާ ހޯދާ ފަރާތްތަކަށް ޚާއްޞަކޮށްގެން ރީ-ސްކިލް ކުރުމުގެ ޕްރޮގްރާމެއް އަންނަ އަހަރުގެ ބަޖެޓުން ފެށޭނެ ކަމަށާއި، އަދި ރިސިލިއަންޓް ވޯކްފޯސްއެއް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ރިޒޯޓުތަކުގެ ސީނިއަރ މެނޭޖްމަންޓް މަޤާމްތަކުގައި ދިވެހިން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމް ހިންގުމަށް ބަޖެޓްކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިއަދުގެ ޖަލްސާގައި މިނިސްޓަރ އަމީރު ވިދާޅުވީ، 2021 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލެވިފައިވަނީ ރާއްޖޭގެ އިޤްތިސާދު އަލުން އާރާސްތުކުރުމުގެ ތަސައްވުރަކާއެކު، އިޤްތިސާދުގެ ވިލުންވެރިކަން އިތުރުކޮށް ސިންދަފާތުކުރުމުގެ ޕްލޭންތަކާއެކުގައި ކަމަށެވެ. އަދި ހަމައެއާއެކު، މި ވަގުތަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ސަރުކާރުން ސަޕޯޓް ކޮށްދޭންވީ ވަގުތު ކަމަށް ވުމުން އިޤްތިސާދީ ހަރަކާތްތައް އަލުން އަނބުރާ އެންމެ މަތީ ގިޔަރަށް ދީލާލުމަށް ކުރަން ޖެހޭ ކަންކަމަށް މި ބަޖެޓުން ޖާގަ ދީފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު