ސަލްޓަންސްގެ ލޯންޗެއް / ލޯންޗުތަކެއް ގެނައުގައި ޑިއުޓީއަށް މަކަރު ހަދާފައިވާކަން ވަނީ ސާބިތުވެފައި
ސަލްޓަންސްގެ ލޯންޗެއް / ލޯންޗުތަކެއް ގެނައުގައި ޑިއުޓީއަށް މަކަރު ހަދާފައިވާކަން ވަނީ ސާބިތުވެފައި
ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީނު އަލީގެ ހިއްސާ އޮތް ސަލްޓަންސް އޮފް ދަ ސީޒްއިން ކަސްޓަމްސްއަށް 110 މިލިއަން ރުފިޔާ ދައްކަންނުޖެހޭކަމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

ސުޕްރީމްކޯޓުން ބާތިލްކޮށްފައިވަނީ ސަލްޓަންސް އޮފް ދަ ސީޒްއިން ކަސްޓަމްސް ޑިއުޓީއަށް މަކަރު ހެދުމުން ކަސްޓަމްސްއަށް 110 މިލިއަން ރުފިޔާ ދައްކަން އެންގުމުން، އެ ފައިސާ ދައްކަން ނުޖެހޭ ކަމަށް ހައިކޯޓުން ކުރި ހުކުމެކެވެ.

ސުޕްރީމް ކޯޓުން އެ މައްސަލައިގައި މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ސަލްޓަންސްއިން އޮޅުވާލިކަން އެނގެން އޮންނަ ކަމަށެވެ. އަދި ސަލްޓަންސްއިން އޮޅުވާލިކަން ތަހުގީގުން ސާބިތުވުމުން، ސަލްޓަންސްއަށް ފިޔަވަޅު އެޅުމުގެ ބާރާއި އިހުތިޔާރު ކަސްޓަމްސްއަށް ލިބޭކަމަށް ސުޕްރީމްކޯޓުގެ ހުކުމުގައިވެއެވެ.

ކަސްޓަމްސްއިން ތުހުމަތުކުރާ ގޮތުގައި 2007 ވަނަ އަހަރު ރާއްޖެއަށް އެތެރެ ކުރި ދެ ޔޮޓެއްގެ ބްރޭންޑާއި، މޮޑެލްއާއި އަގު ސަލްޓަންސްއިން ވަނީ އޮޅުވާލާފައެވެ. އަދި އެ ދެ ޔޮޓުގެ ޑިއުޓީގެ ގޮތުގައި 53.61 މިލިއަން ރުފިޔާ ދައްކަން ކަސްޓަމްސްއިން ސަލްޓަންސްއަށް އެންގިއެވެ. އަދި ޖޫރިމަނާގެ ގޮތުގައި މުޅި ޖުމްލަ 110.24 މިލިއަން ރުފިޔާ ދައްކަން ކަސްޓަމްސްއިން ސަލްޓަންސްއަށް އެންގިއެވެ.

މިމައްސަލައިގައި ސިވިލް ކޯޓުންވެސް ނިންމާފައި އޮތީ ސަލްޓަންސްއިން ކަސްޓަމްސްއަށް ފައިދާ ދައްކަންޖެހޭކަމަށެވެ. ނަމަވެސް ހައިކޯޓުން ވަނީ އެހުކުމް ބާތިލުކޮށްފައެވެ. ހައިކޯޓުގެ ނިންމުން ސުޕްރީމްކޯޓުގައި ދައުލަތުން އިސްތިއުނާފުކުރުމުން، މިމައްސަލައިގައި ހުކުމެއް އައިސްފައި މިވަނީ އެ މައްސަލަ ކުރިއަށް ނުގެންގޮސް ބާއްވާފައި އޮންނަތާ ދުވަސްގަނޑަކަށް ފަހުގައެެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރު އަލީ ރަޝީދު ހުސެއިން، ޑރ. މުހައްމަދު އިބްރާހިމް އަދި މަހާޒު އަލީ ޒާހިރެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން