ޑީީއާރުޕީއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްފައިވާކަމަށާއި އެޕާޓީ އުވާނުލާނެކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޑީއާރުޕީ އުވާނުލާނެކަމަށް ޝަރީފް ވިދާޅުވެފައި މިވަނީ، ކޮންގްރެސް ނުބާއްވައިގެން އެޕާޓީ އުވާލާނެކަމުގެ ވާހަކަތަކެއް ފެތުރިފައިވަނިކޮށެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބުނާގޮތުން ކޮންގްރެސް ނުބާއްވައިފިނަމަ އިލެކްޝަންސް ކޮމިޝަނަށް ޕާޓީތައް އުވާލުމުގެ އިހްތިޔާރު ލިބެއެވެ. ޑީއާރުޕީން 2013 ވަނަ އަހަރުގެ ފަހުން ކޮންގްރެސް ބާއްވާފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ޑީއާރުޕީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައި އެކަމާ ގުޅޭ މަސައްކަތްތަކެއް ކުރިއަށްގެންދިޔަކަ އެވެ. އަދި ޕާޓީ އުވާލާނަމަ އިލެކްޝަންސް ކޮމިޝަނުން ޖެހޭނީ މައްސަލަ ހައި ކޯޓަށް ހުށަހަޅަންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން މިދިޔަ ހަފްތާގެ ތެރޭގައި ޑީއާރްޕީން ވަނީ 2017 ވަނަ އަހަރު އެންމެ ފަހުން އެ ޕާޓީން ކޮންގްރެސް ބޭއްވިކަމުގެ ލިޔެކިޔުންތައް ހުށަހަޅާފައިކަމަށެވެ. އެހެންކަމުން ޑީއާރުޕީގެ މައްސަލަ ހައްލުވެފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޑީއާރުޕީއަކީ 2005 ވަނަ އަހަރު ރައީސް މައުމޫން އުފެއްދެވި ޕާޓީއެކެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ޕާޓީގެ ތެރޭގައި ޖެހުނު މައްސަލަތަކެއްގައި މައުމޫން ވަނީ ޕާޓީން ވަކިވެވަޑައިގެންފައެވެ. އެއަށްފަހު ޕާޓީ ހިންގެވީ އަހުމަދު ތަސްމީނު އަލީއެވެ. އޭނާއަށްފަހު ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)ވެސް ޕާޓީ ހިންގެވިއެވެ. ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ޑީއާރުޕީއާ ހަވާލުވެފައިވަނީ ނަޝީދަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން