ކަނޑިންމަ ރިސޯޓް
ކަނޑިންމަ ރިސޯޓް
ކަނޑިންމަ ރިސޯޓް އޮޕަރޭޓްކުރަން ޓުއަރިޒަމް މިނިސްޓްރީން ދީފައިވާ ހުއްދަ ވަގުތީގޮތުން ހިފަހައްޓައިފިއެވެ.

ކަނޑިންމަ ރިސޯޓަށް ދީފައިވާ ހުއްދަ ހިފަހައްޓާފައި މިވަނީ އެެރިސޯޓުގެ މުވައްޒަފަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި މައްސަލައިގައި އެ ރިސޯޓުގެ އިހުމާލެއް އޮތްކަމަށް ވާހަކަތައް ދެކެވެމުންދަނިކޮށެވެ.

ރަސްއޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޓޫރިޒަމް މިނިސްޓްރީން ހިފެހެއްޓީ ކޮވިޑުގެ ހާލަތުގައި ރިސޯޓުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަން ދޫކޮށްފައިވާ ހުއްދައެވެ. ނަމަވެސް ޓުއަރިޒަމް މިނިސްޓްރީން މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަން ބޭނުންނުވާކަމަށް ވަނީ ބުނެފައެވެ. އަދި ކަނޑިންމަ ރިސޯޓުންވެސް މިކަމާ ގުޅޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު މަރުވެފައިވަނީ ބަލިވެ އުޅޭތާ 10 ދުވަސް ފަހުން ހާލު ސީރިއަސްވުމުން ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށެވެ. އަދި އެ ރިސޯޓުން 60 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ރިސޯޓުން މަރުވިމީހާ ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މިމައްސަލައިގައި ރިސޯޓުގެ އިހުމާލެއްވޭތޯ ބެލުމަށް ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން އަންނަނީ ތަހުޤީޤްކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން