އަންނަ އަހަރުގެ މެއި އަދި ޖޫންމަހު ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކެމްބްރިޖް އޯލެވެލް އިމްތިހާނުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން މި މަހުގެ 23ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ފޯމު ދޫކުރުމާއި ފޯމް ޗެކް ކުރުމާއި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 1:30 އަށް އެގްޒޭމިނޭޝަންސް ޑިޕާޓްމަންޓުންނެވެ.

ކެމްބްރިޖްގެ މެއި/ޖޫން އިމްތިހާނަކީ ރާއްޖޭގައި އޯލެވެލް އިމްހާނު ހަދާ ގިނަ ދަރިވަރުންނަށް އެހާ މުހިއްމު އިމްތިހާނަކަށް ނުވިޔަސް އަންނަ އަހަރުގެ އިމްތިހާން މުހިއްމުވާނެއެވެ. އެއީ ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި ކޮންމެ އަހަރެއްގެ އޮކްޓޯބަރު އަދި ނޮވެމްބަރުމަހުގައި ބާއްވާ އޯލެވެލް އިމްތިހާނު ކެންސަލްކޮށްފައިވާތީއެވެ. އަދި ކެންސަލްކުރި އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު މިހާރު ވަނީ އަންނަ އަހަރުގެ މެއި އަދި ޖޫންމަހަށް ފަސްކޮށްފައެވެ.

މެއި ޖޫންގައި އޮންނަ ކެމްބްރިޖް އިމްތިޙާނުގައި ރާއްޖޭގެ ފަނަރަސަތޭކަ ނަވާވީސް ކުދިން އިށީންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން