ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އައިޝަތު ސޫޒަން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ސޫޒަން މަޤާމުން އިސްތިއުފާދެއްވާފައި މިވަނީ އޭނާ ސަސްޕެންޝަންގައި ހުންނަވައިފައެވެ. ސިވިލް ސާވިސް ކޮމިޝަނުން އޭނާ ސަސްޕެންޑުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 17 ވަނަ ދުވަހުއެވެ.
ސޫޒަން މަގާމުން އިސްތިއުފާ ދީފައިވާއިރު ޓޫރިޒަމް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީގެ މަގާމަށް ބޭފުޅަކު ހޯދުމަށް މިހާރު ވަނީ އިއުލާނުކޮށްފައެވެ.
ސޫޒަން ސަސްޕެންޑު ކުރީ ކޯވިޑް-19އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއިން ކުރި މަސައްކަތްތަކާ ގުޅޭ އޮޑިޓް ރިޕޯޓާއި، އެ މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން ޕީއެސްއާ ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެންކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވެއެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއަށް އެޑްރެސްކޮށް ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުން ފޮނުވާފައިވާ ސިޓީގައި ސޫޒަންއާ ގުޅޭގޮތުން ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު