އަލީ އިހުސާން
އަލީ އިހުސާން
ދިވެހި ބިމުގައި ދިވެއްސަކަށް ނުލިބޭ ދަރަޖަ ބޭރުމީހަކަށް ދީގެންނުވާނެކަމަށް ބުނެ، ބޭރު މީހުންނަށް ރެސިޑެންސީ ވިސާ ދޭ އިސްލާހަށް އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ފާޑުވިދާޅުވެއްޖެއެވެ.

ބޭރު މީހުންނަށް ރެސިޑެންސީ ވިސާ ދޭގޮތަށް އިމިގްރޭޝަން ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ފާޑުވިދާޅުވެފައިވާއިރު، އެބިލު މަޖިލީހުގެ ކޮމިޓީން މިހާރު ވަނީ ފާސްކޮށްފައެވެ. މިހާރު އޮންނަ ގޮތުން ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެނީ، މަދުވެގެން 50 މިލިއަން ޑޮލަރު އިންވެސް ކުރާ ފަރާތްތަކަށެވެ. ނަމަވެސް މި ބިލު ފާސްވެއްޖެނަމަ މަދުވެގެން 250000 ޑޮލަރު އިންވެސްޓް ކުރާ ބޭރުގެ ފަރާތްތަކަށް ކޯޕަރޭޓް ރެސިޑެންޓް ވިސާ ލިބޭނެއެވެ.



މިއިސްލާހުތަކަށް ފާޑުވިދާޅުވަމުން އިހުސާން ވިދާޅުވީ މިފަސްގަނޑަށްޓަކައި މިއަށްވުރެ ބޮޑަށް އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭކަމަށެވެ. އަދި ދިވެހިރާއްޖެ ދެކެ މިއަށްވުރެ ބޮޑަށް އަޅުގަނޑުމެން ލޯބިވާންވެސް ޖެހޭކަމަށެވެ. އަދި 25 ހާސް ޑޮލަރު ދިނުމުން މި ފަސްގަނޑުގައި ދިވެއްސަކަށް ނުލިބޭ ދަރަޖަ ބޭރުމީހަކަށް ދީގެންނުވާނެކަމަށްވެސް އިހުސާން ވިދާޅުވިއެވެ.



ބޭރު މީހުންނަށް ރެސިޑެންސީ ވިސާ ދޭގޮތަށް ކަނޑައަޅާފައިވާ އުސޫލު އޮތްގޮތުން އެމީހުންނަށް ބޮޑެތި އިނާޔަތްތަކެއް ލިބިގެންދެއެވެ. އޭގެތެރޭގައި އަމިއްލަ ބޭނުމަށް ގެންނަ ވެހިކަލްތަކުން ޑިއުޓީ މައާފްކުރުމާއި، އެއަރޕޯޓުގެ ވީއައިޕީ ލައުންޖުން ހިލޭ ހިދުމަތް ލިބުމާއި، ސަރުކާރުގެ ޚިދުމަތްތައް އަވަހަށް ދިނުންފަދަ ކަންކަން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން