ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމު
ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމު
ދިވެހިރާއްޖޭގައި 250،000 ޑޮލަރު އިންވެސްޓުކުރާ މީހުންނަށް ރާއްޖޭގައި ތިބެވޭ ގޮތަށް ރެޒިޑަންސީ ވިސާ ދޫކުރުމަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އޮތް ނުރައްކަލެއް ކަމަށް ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

އިމިގުރޭޝަން ޤާނޫނަށް ބަދަލު ގެނައުމަށް މިއަދު މަޖިލިހުން ފާސްކުރި އިސްލާހުގެ ދަށުން ދިވެހިރާއްޖޭގައި ސަރުކާރުން ކަނޑައަޅާ ވިޔަފާރިއަކަށް 250،000 ޑޮލަރު އިންވެސްޓުކުރުމުން ދިވެހިރާއްޖޭގައި ދިރިއުޅުމަށް ކޯޕަރޭޓް ރެޒިޑެންސީ ވިސާއެއް ދޫކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ވިސާ ދޫކުރުމުން އެމީހަކަށް ދިވެހިރާއްޖޭގައި ދާއިމީ ގޮތެއްގައި ދިރިއުޅެވޭއިރު ވިޔަފާރިއަކަށް 250،000 ޑޮލަރު އިންވެސްޓުކުރުމުގެ އިތުރަށް އެ ވިސާ ހޯދަން ބޭނުންވާ ފަރާތްތަކުން ކުރަންޖެހޭނެ ކަމަކީ ހަމަ އެ މިންވަރު ރާއްޖޭގެ ބޭންކެއްގައި 5 އަހަރު ދުވަހުގެ މުއްދަތަކަށް ބެހެއްޓުމެވެ. 

ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ، އެ އިސްލާހަކީ ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. ޝިޔާމު ވިދާޅުވީ މިހާ ކުޑަ އިންވެސްޓުމެންޓަކަށް ކޯޕަރޭޓު ރެޒިޑެންސް ވިސާ ދޫކުރުމަކީ ނުބައި އަމާޒެއް ޙާޞިލުކުރަން ކުރާ މަސައްކަތެއްގެ ކޮޅުމަތި ކަމަށެވެ. ދެލައްކަ ފަންސާސްހާސް ޑޮލަރު އިންވެސްޓުކުރާ މީހުންނަށް ކޯޕަރޭޓު ވިސާ ދޫކުރަން ފެށުމަކީ ޤައުމަށް ޣައްދާރު ނުބައި ދުރު އަމާޒެއް ޙާޞިލްކުުރުމުގެ މަޤްޞަދުގައި ކުރާ މަސައްކަތެއްގެ ކޮޅުމަތި ކަމަށް އޭނާ ވިދާޅުވިއެވެ.

ރެޒިޑެންޓު ވިސާއެއް ހޯދުމަށް އިންވެސްޓުކުރަންޖެހޭ މިންވަރު ކުޑަކަން ފާހަގަކޮށް ގިނަ ބައެއްގެ ފާޑުކިޔުން މި އިސްލާހަށް ވަނީ އަމާޒުވެފައެވެ. އަދި އެ އިސްލާހާއެކު އާންމު ދިވެހިންނަށް ނުލިބޭ އިމްތިޔާޒުތަކެއް މި ވިސާގެ ދަށުން ހަމަޖެހޭ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔާފަައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން