ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބުރިޖު މަޝްރޫޢަށް އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ،
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބުރިޖު މަޝްރޫޢަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމާއިގުޅޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބުރިޖު މަޝްރޫޢަކީ ރާއްޖޭގެ ތާޜީހުގައި ފާހަގަކޮށްލެވޭނެ މަޝްރޫޢަކަށްވާނެ ކަމަށެވެ.
"100 މިލިއަން ޑޮލަރަކީ އިންޑިއާއިންދޭ ހިލޭ އެހީ. 400 މިލިއަން ޑޮލަރު ލައިން އޮފް ކްރެޑިޓްގެ ދަށުން ދިނުމަށްވަނީ ހަމަޖެހިފައި. މި ފައިސާ ދައްކަން ފަށަންޖެހެނީ ލޯނުދޭތާ 5 އަހަރު ފަހުން. އަދި ލޯނު އަދާކުރަންޖެހެނީ 20 އަހަރުން." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ބްރިޖު މަޝްރޫޢުގެ އިތުރުން، ސަރުކާރުން މިއަދު ވަނީ އިންޑިއާއާއެކު އިތުރު 3 އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ. އެ އެއްބަސްވުންތަކަކީ، އެމް.އޯ.ޔޫ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއަރޒް" އެއްބަސްވުމާއި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސްކީމްގެ ދަށުން ރާއްޖޭގައި ހިންގާ 2 މަޝްރޫޢަކާ ބެހޭ އެއްބަސްވުމެކެވެ.
މީގެތެރެއިން އެމް.އޯ.ޔޫ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއަރޒް"އަކީ ރާއްޖޭގެ އެތުލީޓުންނާއި ކޯޗުންނަށް ތަމްރީނު ފުރުސަތުތައް ހޯދައިދީ ތަޖުރިބާ ހޯދުމަށް މަގުފަހިކޮށްދިނުމާއި ގުޅޭ އެއްބަސްވުމެކެވެ.
ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސްކީމްގެ ދަށުން ރާއްޖޭގައި ހިންގާ 2 މަޝްރޫޢަކީ ހދ.ހަނިމާދޫގައި އެގްރިކަލްޗަރަލް ރިސަރޗް ސެންޓަރެއް ހެދުމާއި އައްޑޫ ސިޓީ ހުޅުދޫގައި ޤާއިމްކުރާ ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރު ތަރައްޤީކުރުމުގެ މަޝްރޫއެވެ. މި އެއްބަސްވުމުގެ ދަށުން ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރ ހެދުމަށް 1.7 މިލިއަން ރުފިޔާ އަދި ހުޅުމީދޫ ޑްރަގް ޑިޓޮކްސްސިފިކޭޝަން ސެންޓަރުގެ މަސައްކަތަށް 7.9 މިލިއަން ރުފިޔާ އިންޑިއާ ސަރުކާރުން ފޯރުކޮށްދޭނެއެވެ.
މިމަޝްރޫޢުތަކަކީ މުޖްތަމައުގެ ޙާލަތު ރަނގަޅުކޮށް، އިޤްތިޞާދީ ގޮތުން ފުދުންތެރި މުޖްތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ މަޝްރޫޢުތަކެވެ.
ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢެވެ. މި ޕްރޮޖެކްޓްގެ ދަށުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ގުޅާލުމަށް ޖުމްލަ 6.7 ކިލޯމީޓަރުގެ ބްރިޖެއް ކޯޒްވޭތަކާއެކު ހެދުމަށް ވަނީ ހަމަޖެހިފައެވެ.

📷 | The #Maldives and #India signs MoUs on the Greater Malé Connectivity Project, Sports and Youth Affairs, and two High Impact Community Development Projects pic.twitter.com/vV9K0qyKrq
— Ministry of Foreign Affairs 🇲🇻 (@MoFAmv) November 9, 2020
ބްރިޖު މަޝްރޫޢުގެ އިތުރުން، ސަރުކާރުން މިއަދު ވަނީ އިންޑިއާއާއެކު އިތުރު 3 އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ. އެ އެއްބަސްވުންތަކަކީ، އެމް.އޯ.ޔޫ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއަރޒް" އެއްބަސްވުމާއި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސްކީމްގެ ދަށުން ރާއްޖޭގައި ހިންގާ 2 މަޝްރޫޢަކާ ބެހޭ އެއްބަސްވުމެކެވެ.
މީގެތެރެއިން އެމް.އޯ.ޔޫ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއަރޒް"އަކީ ރާއްޖޭގެ އެތުލީޓުންނާއި ކޯޗުންނަށް ތަމްރީނު ފުރުސަތުތައް ހޯދައިދީ ތަޖުރިބާ ހޯދުމަށް މަގުފަހިކޮށްދިނުމާއި ގުޅޭ އެއްބަސްވުމެކެވެ.
ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސްކީމްގެ ދަށުން ރާއްޖޭގައި ހިންގާ 2 މަޝްރޫޢަކީ ހދ.ހަނިމާދޫގައި އެގްރިކަލްޗަރަލް ރިސަރޗް ސެންޓަރެއް ހެދުމާއި އައްޑޫ ސިޓީ ހުޅުދޫގައި ޤާއިމްކުރާ ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރު ތަރައްޤީކުރުމުގެ މަޝްރޫއެވެ. މި އެއްބަސްވުމުގެ ދަށުން ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރ ހެދުމަށް 1.7 މިލިއަން ރުފިޔާ އަދި ހުޅުމީދޫ ޑްރަގް ޑިޓޮކްސްސިފިކޭޝަން ސެންޓަރުގެ މަސައްކަތަށް 7.9 މިލިއަން ރުފިޔާ އިންޑިއާ ސަރުކާރުން ފޯރުކޮށްދޭނެއެވެ.
މިމަޝްރޫޢުތަކަކީ މުޖްތަމައުގެ ޙާލަތު ރަނގަޅުކޮށް، އިޤްތިޞާދީ ގޮތުން ފުދުންތެރި މުޖްތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ މަޝްރޫޢުތަކެވެ.
ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢެވެ. މި ޕްރޮޖެކްޓްގެ ދަށުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ގުޅާލުމަށް ޖުމްލަ 6.7 ކިލޯމީޓަރުގެ ބްރިޖެއް ކޯޒްވޭތަކާއެކު ހެދުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލު