މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވި މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލައިފި އެވެ.
ޝިފާގެ މައްޗަށް ދައުވާ ކުރަން އޭސީސީ އިން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މާލޭ ލޮނުޒިޔާރާތްކޮޅު އަޑި ޕާކުގެ ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްގީ ކޮށްފައިވާ ޕާކްގެ މައްސަލައަކާއި ގުޅިގެންނެވެ. ސިފާގެ މައްޗަށް ކޮރަޕްޝަންގެ އަމަލެއް ހިންގުމުގެ ދައުވާ އުފުލައި ދިނުމަށް އޭސީސީ އިން ވަނީ ޕީޖީ އޮފީހުގައި އެދިފައެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލަ އަނބުރާ ފޮނުވާލީ ދައުވާ ކުރުމުގެ ކުރިން އިސްލާހުކުރަން ޖެހޭ ބައެއް ކަންކަން އަދި ތަހުގީގުގައި ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ހުރުމުން ކަމަށެވެ. ޕީޖީ އޮފީހުން މި ނިންމުން ނިންމާފައި މިވަނީ އެ މައްސަލައާމެދު ގޮތެއް ނުނިންމާ ދިގު ދަންމާތާ މަސް ދުވަސް ފާއިތުވެދިޔަ ފަހުންކަން ފާހަގަކޮށްލެވެއެވެ. ޝިފާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމުން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
އޭސީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މާލޭ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ޕާކު ތަރައްގީ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫއުގައި ހިމެނޭ އިމާރާތްތައް ކަމަށްވާ ދެ ފާހާނާބަރި އާއި ތިން ހަޓާއި، ތިން އެންޓްރަންސް ކެނޮޕީ އާއި ލައިފްގާޑް ޓަވަރެއް ރެނޮވޭޓް ކުރުމާއި ގާޑަން ބްރިޖް ހަދައި އިންސްޓޯލް ކުރުގެ މަސައްކަތްތަކުގެ ތެރެއިން ފާހާނާ ބަރީގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާއި ހަވާލު ކޮށްފައި ވަނީ ލިޔެކިޔުމެއް ވެސް ނެތި އަދި ވާދަވެރި ދެ ފުށްފެންނަ އުސޫލުން ނޫން ކަމަށެވެ. މި މަސައްކަތަށް ތިން ކޯޓޭޝަން ހަމަކޮށް ބިޑް ކޮމިޓީއަށް ހުށަހެޅި ނަމަވެސް އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމަކާ ނުލައި އެ މަސައްކަތް އަމީން ކޮންސްޓަރަކްޝަނާ ހަވާލު ކޮށްގެން ކުރުވާފައިވާ ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
ސްރީލަންކާގެ ކުންފުންޏަކުން މި ދެ ފާހާނާބަރީގެ މަސައްކަތް ކޮށްދޭ ފަރާތަކަށް ފައިސާ ދައްކާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވާއިރު ވަކި ކުންފުންޏަކާ މަސައްކަތް ހަވާލު ކުރުމަށް އެ ކުންފުނިން އެދިފައި ނުވާ ކަމަށެވެ. އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އެއްބަސްވުމެއްގެ ދަށުން ނޫންކަމަށް ވާތީ މަސައްކަތުގެ ތަފްސީލް އެނގެން ނެތްކަމަށާއި ޖުމުލަ ތިން މެމޯއަކުން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި އެކި ދުވަސް މަތިން މޭޔަރު ސިފާ ބިޑް ކޮމިޓީގައި އެދިފައިވާއިރު މަސައްކަތް ފެށިކަމަށް ބުނާ ތާރީހުގެ ފަހުން ވެސް ދެ ފާހާނާބަރި ހިމެނޭގޮތަށް އިމާރާތްތަކުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި ސިފާ، ބިޑް ކޮމިޓީއަށް މެމޯ ފޮނުވާފައިވާ ކަމަށް އޭސީސީން ބުނެއެވެ.
އަދި މި މައްސަލައިގެ ތަހުގީގު ފެށިފަހުން، ދެންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފައިވީ ނަމަވެސް އެ މަސައްކަތްތައް އެއްވެސް ފަރާތަކާ ހަވާލުކޮށްފައިނުވާ ކަމަށް އޭސީސީ އިން ހާމަކުރެއެވެ. އެ އަމަލަކީ އަމިން ކޮންސްޓްރަކްޝަނަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ކަމަށް އޭސީސީން ވަނީ ބުނެފައެވެ.
މައްސަލައާ މެދު ގޮތް ނުނިމި އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ޕީޖީ ޝަމީމް މީގެ ކުރިން ވިދާޅުވީ ޝިފާއަކީ އާއިލީ ބޭފުޅަކަށްވާތީ އެ މައްސަލައިން ތަނާޒުލްވެ ވަޑައިގެންފައިވާ ކަމަށެވެ. މައްސަލައާމެދު ގޮތް ނިންމުން ޑެޕިއުޓީ ޕީޖީއާ ހަވާލުކޮށްފައިވާ ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު