އާމިނަތު ނާދިރާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
އާމިނަތު ނާދިރާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ދުއިސައްތަ ފަންސާސް ހާސް އެމެރިކާ ޑޮލަރަށް ރާއްޖޭގެ ރެސިޑެންޓް ވިސާ ބިދޭސީންނަށް ވިއްކުމާމެދު ރައީސް މައުމޫންގެ ލީޑަރޝިޕްގެ ދަށުން ހިންގާ އެމްއާރްއެމްގެ ނާއިބް ރައީސް އާމިނަތު ނާދިރާވެސް ދެކޮޅު ހައްދަވައި ފާޑުވިދާޅުވެއްޖެއެވެ.

ސަރުކާރުން އިމިގްރޭޝަން ގާނޫނަށް މިހާރު ގެނަސްފައިވާ އިސްލާހުތަކުގައި ރާއްޖޭގައި 250000.00 އެމެރިކާ ޑޮލަރު ނުވަތަ 3،855،000.00 (ތިން މިލިއަން އަށްސަތޭކަ ފަންސާސް ފަސް ހާސް) ރުފިޔާގެ ވިޔަފާރި ކުރާ ބިދޭސީންނަށް ރަށްވެހި ކަމުގެ ވިސާ ނުވަތަ ރެސިޑެންޝަލް ވިސާ ދިނުމަށް ވަނީ ނިންމާފައެވެ. މިކަމަށް ދެކޮޅު ހައްދަވައި ފާޑުވިދާޅުވަމުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ ނާއިބް ރައީސް އާމިނަތު ނާދިރާ ވިދާޅުވީ އެއީ ވަރަށް ހަމަނުޖެހޭ ކަމެއް ކަމަށެވެ. ރެސިޑެންޓް ވިސާ ބިދޭސީންނަށް ދޭން ވާނީ އެންމެ މަދުވެގެން ވެސް އެއް މިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓެއް ކޮށްގެން ކަމަށް ނާދިރާ ވިދާޅުވެފައިވެއެވެ.

ނާދިރާ ވިދާޅުވީ މިހާރު ރަށްވެހި ވިސާ ދިނުމަށް ކަނޑައަޅާފައިވާ 250 ހާސް އެމެރިކާ ޑޮލަރުގެ ވިޔަފާރިއަކީ ރާއްޖޭގެ މެދުފަންތީގެ ވިޔަފާރިވެރިންވެސް އިންވެސްޓް ކުރާނެ މިންވަރު ކަމަށެވެ.

"ބޭރުން މިގައުމަށް އަންނަ ބިދޭސީ މީހާވެސް އެއަދަދަށް ފައިސާ އިންވެސްޓް ކޮށްފި ކަމަށް ދެއްކީމަ ރެސިޑެންޓް ވިސާ ދީފަ ކުރަން މިއުޅެނީ ކޮންކަމެއް؟" ތަފާތު ސުވާލުތަކެއް އުފެދޭ މޭރުމަކުން ރެސިޑެންޓް ވިސާ މިހާރު ދޭން ކަނޑައަޅާފައިވާ ގޮތާއި މެދު ފާޑު ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ނާދިރާ ވިދާޅުވެފައި ވެއެވެ.

ނާދިރާގެ މި ސުވާލަށް ޓްވިޓަރ ގައި ޖަވާބުދީފައިވާ ބައެއް ފަރާތްތަކުން ބުނެފައިވަނީ ގައުމު ވިއްކާލުން "ކަޑަ" ކަމަށާއި ނަމަވެސް މިކަން ކޮށްފައިވަނީ ނާދިރާއާއި ނާދިރާގެ ޒަޢީމް ވެސް ހިއްސާވާ ކޯލިޝަން ސަރުކާރުން ނޫންހޭ ބުނެ ސުވާލު ކޮށްފައިވެއެވެ. އަދި ކޯލިޝަންގައި ހިމެނޭ ލީޑަރުންނާ މިސުވާލު ކުރުމަށްވެސް ބައެއް މީހުން އެދިފައި ވެއެވެ.

އިމިގުރޭޝަން ޤާނޫނަށް ބަދަލު ގެނައުމަށް އިއްޔެ މަޖިލިހުން ފާސްކުރި އިސްލާހުގެ ދަށުން ދިވެހިރާއްޖޭގައި ސަރުކާރުން ކަނޑައަޅާ ވިޔަފާރިއަކަށް 250،000 ޑޮލަރު އިންވެސްޓުކުރުމުން ދިވެހިރާއްޖޭގައި ދިރިއުޅުމަށް ކޯޕަރޭޓް ރެޒިޑެންސީ ވިސާއެއް ދޫކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ވިސާ ދޫކުރުމުން އެމީހަކަށް ދިވެހިރާއްޖޭގައި ދާއިމީ ގޮތެއްގައި ދިރިއުޅެވޭއިރު ވިޔަފާރިއަކަށް 250،000 ޑޮލަރު އިންވެސްޓުކުރުމުގެ އިތުރަށް އެ ވިސާ ހޯދަން ބޭނުންވާ ފަރާތްތަކުން ކުރަންޖެހޭނެ ކަމަކީ ހަމަ އެ މިންވަރު ރާއްޖޭގެ ބޭންކެއްގައި 5 އަހަރު ދުވަހުގެ މުއްދަތަކަށް ބެހެއްޓުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން