\ގޫގުލް ބެލޫން ވެއްޓުނު ސަރަޙައްދުގައި ސިފައިން ހަރަކާތްތެރިވަނީ
\ގޫގުލް ބެލޫން ވެއްޓުނު ސަރަޙައްދުގައި ސިފައިން ހަރަކާތްތެރިވަނީ
އަނެއްކާވެސް ރާއްޖޭގެ ސަރަހައްދަށް ގޫގަލް "ލޫން ޕްރޮޖެކްޓް"ގެ ބެލޫނެއް ވެއްޓިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ބެލޫން ވެއްޓުނީ ގދ. ވާދޫއާއި ދިމާއިން ބޭރު މާކަނޑަށްކަމަށެވެ. އަދި އެސަރަޙައްދުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އުޅަނދެއް ހަރަކާތެރިވަމުންދާކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެ ބެލޫން ވެއްޓެމުންދާ ކަމުގެ މައުލޫމާތު، އިއްޔެ ހެނދުނު 8:30 ގައި ލިބިފައިވާކަމަށެވެ. އަދި އޭގެފަހުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދިޔައީ ބެލޫން މޮނިޓަރކުރަމުންކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. ވެއްޓުނު ބެލޫން ލޯކަލް އޭޖެންޓާ ޙަވާލުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.



ގދ. އަތޮޅަށް ގޫގަލް "ލޫން ޕްރޮޖެކްޓް"ގެ ބެލޫނެއް މިއަދު ވެއްޓުނުއިރު މިދިޔަމަހުގެ 29 ވަނަ ދުވަހުވެސް ގޫގަލް "ލޫން ޕްރޮޖެކްޓް" ބެލޫންއެއް، ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށް ވަނީ ވެއްޓިފައެވެ.

ގޫގަލް ލޫން ޕްރޮޖެކްޓަކީ، ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަރނެޓް ފޯރުކޮށްދިނުމަށް ގޫގުލްއިން ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން