މާދަމާއަކީ ރާއްޖޭގެ ޖޫމްހޫރީ ދުވަސް ކަމަށްވާތީ އެދުވަހު ސަރުކާރު ބަންދުވާނެތީ އާއި ޖުމްހޫރީ ދުވަސް ބުދަ ދުވަހަކާ ދިމާވުމުން ޖެހިގެން އަންނަ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިއްމަވައިފިއެވެ.
ރައީސް އިބްރާހީމް މިގޮތަށް ހަމަޖެއްސެވުމާއި ގުޅިގެން ދެން ސަރުކާރު ހުޅުވޭނީ އަންނަ ހަފުތާގެ އާދީއްތަ ދުވަހުއެވެ. ބުރާސްފަތި ދުވަސް ބަންދުކުރުމުން ޖެހިގެން އަންނަ ދެ ދުވަހަކީ ހުކުރު ހޮނިހިރު ކަމަށްވާތީ ސަރުކާރުގެ މުވައްޒަފުންނަށް 4 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.
ކޮވިޑް-19 ފެތުރެމުން އަންނާތީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަހަރު ހާއްސަ ޖަލްސާއެއް ނުބާއްވަން ވަނީ ނިއްމާފައެވެ. މިއަހަރު ސަރުކާރުން ވަނީ ގައުމީ ދުވަހުގެ ޖަލްސާ ވެސް ކެންސަލް ކޮށްފައެވެ. ނަމަވެސް ގައުމީ އިނާމު ދިނުމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދިނުމަށް ފަހުން ހާއްސަ ޖަލްސާއެއް ބާއްވަން ސަރުކާރުން ވަނީ ނިންމާފައެވެ.
އެޖަލްސާ އޮންނާނީ ކޮވިޑް-19ގެ ހާލަތުން އަރައިގަނެވުމުން ކަމަށް ސަރުކާރުން ހާމަކުރެއެވެ. ރާއްޖޭގެ ޖުމްހޫރީ ދުވަހަކީ ދެވަނަ ފަހަރަށް ރާއްޖޭގެ ވެރިކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވުން ފާހަގަ ކުރާ ރަސްމީ ބަންދު ދުވަހެކެވެ.

ކިޔުންތެރިންގެ ހިޔާލު