ކަނޑިންމަ ރިސޯޓުގައި މަރުވި މީހާގެ މައްސަލައިގައި އެ ރިސޯޓުގެ ވެރިން ގަސްތުގައި އިހުމާލުވިކަމަށް ނުވަތަ އެ މީހުންގެ އިހުމާލެއް އޮތް ކަމަށް ދެއްކުމަށް ނުވަތަ ފެންނަ ގޮތަށް މަންޒަރު ސިފަކުރުމަކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ކަނޑިންމަ ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފަކު ވަރަށް ބޮޑަށް ބަލިވެގެން ނިޔާވުމާ ގުޅިގެން ރައްޔިތުން މަޖިލިހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ނިއްމާލުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ ކަނޑިންމަ ރިސޯޓުގެ ވެރިފަރާތަކީ އެ ރިސޯޓުގެ އިތުރަށްވެސް ޓުއަރިޒަމްގެ އެތައް ވިޔަފާރިއެއް ކުރާ ފަރާތެއް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގައި ގިނަ ދުވަސްތަކެއްވަންދެން އެ ފަރާތުން މަސައްކަތްކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެހެންނަމަވެސް މެނޭޖުމެންޓުން އިހުމާލެއް ވެފައި އޮތްނަމަ، ފިޔަވަޅުއަޅަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރިސޯޓުތަކުގެ މުވައްޒަފުންނަށް ދަތިކޮށް އުދަގޫކުރުމަކީ ރިސޯޓުތަކުގެ އޯނަރުން ގަސްތުގައި އަމާޒަކަށް ހަދައިގެން ކުރާ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް މުވައްޒަފުންގެ ޙައްޤުތަައް ޤާނޫނުތައް މެެދުވެރިކޮށް ކަށަވަރުކުރުމުގެ މަސައްކަތް ރައްޔިތުން މަޖިލިހުން ކުރަންޖެހޭނެ ކަމަށާއި އަދި އެ މަޖިލިހުން ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑެއް ނުދެކެން ރިސޯޓުތައް ހިންގާ ފަރާތްތަކުން ކަނޑައެޅިގެން ގަސްތުގައި އެ ބޭފުޅުންގެ މުވައްޒަފުންނަށް ދަތިކޮށް ނުވަތަ ދެރަކޮށް ހެދުމަށް އެއީ އެމީހުންގެ އަމާޒެއް ކަމަކަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ކަނޑިންމަ ރިސޯޓުން މަރުވެފައިވަނީ ދ.މާއެންބޫދޫ ދިލްބަހާރުގޭ އާދަމް ނަސީރު (60އ) އެވެ. އޭނާ ކޮވިޑް-19 އަށް ޓެސްޓް ކުރިއިރު އެ ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. އޭނާ މަރުވު،މަށް މެދުވެރިވި ސަބަބު ތަކުގެ ތެރޭގައި ރިސޯޓުގެ އިހުމާލު ވަރަށް ބޮޑަށް އޮތް ކަމަށް ތުހުމަތު ކުރެއެވެ. ނަސީރު ނިޔާވިފަހުން އެރަށުން ގިނަ ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު