ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.



މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯވިޑް ޖެހިގެން މަރުވެފައިވަނީ 45 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި 41 ވަނަ މީހާއެވެ.



ރާއްޖެއިން މިދިޔަ އާދީއްތަދުވަހުވެސް ކޯވިޑް ޖެހިގެން މީހަކު މަރުވިއެވެ. އެއީ 43 އަހަރުގެ ބިދޭސީއެކެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ ޢަދަލު 11،900 އަށްވުރެ މައްޗަށް އަރާފައިވާއިރު، މިހާތަނަށް 41 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 33 ދިވެހިންނާއި، 8 ބިދޭސީންނެވެ.



ކިޔުންތެރިންގެ ހިޔާލު