ގދ. ފަރެސްމާތޮޑާގައި އެއަރޕޯޓް އެޅުމުގެ މަސައްކަތް މިސަރުކާރުން ކުރިއަށްގެންދާތީ އެމަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު، ބްރިޑޭޑިއަރ ޖެނަރަލް ރިޓަޔާޑް އިބްރާހިމް ދީދީ ފާޑު ވިދާޅުވެއްޖެއެވެ.

ހުވަދޫގައި އެއަރޕޯޓް އެޅުމާއި ގުޅޭގޮތުން ޑީޑީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހުވަދޫގައި އިންޓަނޭޝަނަލް އެއަރޕޯޓްއެއް ހެދުމަށް ހިމެނިގެން ދިއުމަކީ އޭގެ ސަބަބުން ގަން އިންޓަނޭޝަނަލް އެއަރޕޯޓް ހިނގައި ނުގަންނަނީސް އައްޑޫގެ އިޤްތިޞާދު އިންދަޖެހިދާނެ ކަމެއް ކަމަށެވެ.

ޑީޑީ ވިދާޅުވީ އިހައްދުވަހު ވަޑައިގެން އައްޑޫގައި ސީ ޕްލޭން އޮޕަރޭޝަން ފެށުމަށްފަހު، އަންނަ އަހަރު ހުވަދޫގައި އިންޓަނޭޝަނަލް އެއަރޕޯޓް އެޅުމުން ވާނެ ގޮތް ނުވިސްނެނީބާއޭ ވިދާޅުވެ، ޑީޑީ ވަނީ ސުވާލުކުރައްވާފައެވެ.



ހުވަދޫގައި އެއަރޕޯޓް އެޅުމުގެ މަސައްކަތަށް ޑީޑީ ފާޑުވިދާޅުވެފައިވާއިރު ގދ.ފަރެސްމާތޮޑާ އެއަރޕޯޓްގެ ޑިޒައިން މަސައްކަތާއި، ޢަމަލީ މަސައްކަތް ކުރިއަށްގެންދިއުމަށް އެމްޓީސީސީއާ މިހާރު ވަނީ ހަވާލުކޮށްފައެވެ.

ފަރެސްމާތޮޑާގައި ތަރައްޤީކުރާ އެއަރޕޯޓަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ އެއަރޕޯޓެކެވެ.

އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ އެރަށުގައި 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި، ޓަރމިނަލް ބިލްޑިންގ ހެދުމާއި، އެއަރޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމުކުރުމަށެވެ. މިއީ 144.8މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

މި މަސައްކަތް އެމްޓީސީ އާއި ހަވާލުކޮށްފައިވަނީ 1 އަހަރާއި 8 މަސް ދުވަހުން މަސައްކަތް ނިންމުމަށެވެ.

ފަރެސްމާތޮޑާގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް އެރަށުން 19 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. 2018ވަނަ އަހަރު ފެށި ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓުމަހުއެވެ.

ރާއްޖޭގެ ކޮންމެ ތަނަކުން 30 މިނެޓުން އެއަރޕޯޓަށް ދެވޭ ހިސާބުގައި އެއަރޕޯޓް ތަރައްޤީކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން