އަހުމަދު މަސްނޫމް   10 ނޮވެމްބަރު 2020 - 21:48
ރައީސުލްޖުމްހޫެެރިއްޔާ ހެލްތް މިނިސްޓަރުކަމުގެ މަޤާމަށް އައްޔަންކުރެއްވި އަހްމަދު ނަސީމް، މަސްއޮޑި ނަސީމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނަސީމަށް ރުހުން ދޭން ފާސްކުރީ ކޮމިޓީއަށް ހާޒިރުވި 9 މެމްބަރުންގެ އިއްތިފާޤުންނެވެ. ކޮމިޓީން އޭނާއަށް ރުހުން ދޭން ފާސްވުމުން، މިކަމާ މެދު ގޮތެއް ދެން ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.

ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ނަސީމަށް ހެލްތު މިނިސްޓަރުކަމުގެ މަޤާމު ލިބިވަޑައިގަތީ މިދިޔަމަހުގެ 22 ވަނަ ދުވަހުއެވެ. އޭނާ އެ މަޤާމަށް ވަޑައިގަތީ ހެލްތު މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި އަބްދުﷲ އަމީންގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވެގެން މަޤާމުން އިސްތިއުފާދެއްވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން