އިލެކްޝަންސް ކޮމިޝަންގެ އަންހެން މުވައްޒަފުންތަކަކަށް އެކޮމިޝަނުގެ ނާއިބު ރައީސް އަހްމަދު އަކްރަމް ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތުވާ މައްސަލަތަކެއް ބަލަން ފަށައިފިއެވެ.
އަކްރަމްގެ މައްސަލަތައް ބަލަން ފަށާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ. އެކޮމިޓީގެ އިއްޔެގެ ބައްދަލުވުމާއި މިއަދުގެ ބައްދަލުވުންވެސް ވަނީ ސިއްރުކޮށްފައެވެ.
ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާ މެމްބަރު ރޮޒައިނާ އާދަމް ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ކޮމިޓީ ބައްދަލުވުންތައް ސިއްރު ކުރީ އެ ކޮމިޓީއަށް ލިބިފައިވާ ސިއްރު ސިޓީތަކެއްގެ މައްސަލަ ބަަލަމުންދާތީ ކަމަށެވެ. ޚަބަރުތައް ބުނާގޮތުން އެ ކޮމިޓީން ބަލަަނީ އަކްރަމް ވަރަށް ގިނަ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލަތަކެކެވެ.
މިދިޔަ މާޗުމަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ ދެވަނަ ދައުރަކަށް އައްޔަންކުރި އަކްރަމްއާމެދު ކުރެވޭ ތުހުމަތުތައް އޭނާ ވަނީ ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު