މަދުވެގެން 250،000 ޑޮލަރު އިންވެސްޓް ކުރާ ބޭރުގެ ފަރާތްތަކަށް ކޯޕަރޭޓް ރެސިޑެންޓް ވިސާ ދޭ ގޮތަަށް އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހު ބަލައިނުގަންނަ ކަމަށް ބުނެ އެ އިސްލާހަށް އިދިކޮޅު ކޯލިޝަނުން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
50 މިލިއަން ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ކޯޕަރޭޓް ރެސިޑެންޓް ވިސާ ދޭގޮތަށް އޮތް އޮތުން ބަދަލުކޮށް، ރާއްޖޭގައި 250،000 ޑޮލަރު އިންވެސްޓްކުރާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަން ގާނޫނު ވަނީ އިސްލާހުކޮށްފައެވެ. އެ އިސްލާހާ ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި 250،000 ޑޮލަރު އިންވެސްޓްކުރާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު އެ ކޯލިޝަނުން ބަލައިނުގަންނަ ކަމަށެވެ.
އެއީ އިސްލާހުގެ ސަބަބުން ގައުމުގެ ހަމަޖެހުމަށާއި މިނިވަން ކަމާއި އިސްތިގްލާލަށް ނޭދެވޭ އަސަރުތަކެއް ކުރާނެތީ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ހަމައެއާއެކު ރާއްޖޭގެ ވިޔަފާރިތަކަށް އިތުރު ގެއްލުންތައް ކުރިމަތިވެ، ދިވެހި ރައްޔިތުންގެ ދިރިއުޅުމަށްވެސް އޭގެ ސަބަބުން އެތައް ނުރައްކާތަކެއް ކުރިމަތިވެގެން ދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.
ހަމައެއާއެކު އެ އިސްލާހު ފާސް ކުރުމުގައި، ސަރުކާރާއި ސަރުކާރު ހިމެނޭ ކޯލިޝަންގެ ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމް އަދި އަދާލަތު ޕާޓީން ހަނު ތިބެގެން ކުރާ މަސައްކަތް ވެސް އިދިކޮޅުގެ ބަޔާނުގައި ވަނީ ކުށްވެރިކޮށްފައެވެ. މަޖިލީހުން ފާސްކުރީ ބިދޭސީންނަށް ރާއްޖޭގައި ދިގު މުއްދަތަށް ތިބެވޭނެ ހުއްދައެއްގެ ގޮތުގައި ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެވޭނީ، މަދުވެގެން 250،000 ރުފިޔާ އިންވެސްޓް ކުރުމާއެކު، ރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250،000 ޑޮލަރު ފަސް އަހަރުގެ މުއްދަކަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބެހެއްޓުމުންނެވެ.
އިންވެސްޓް ކުރަންވާނީ، ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކަށް ކަމަށްވެސް ކޮމިޓީން ފާސްކޮށްފައިވާ އިސްލާހުތަކުގައި ބުނެފައިވެއެވެ. އޭގެ އިތުރުން އެ ހާލަތްތައް ދެމިއޮތްނަމަ، އެފަރާތަކަށް ދޫކުރާ ކޯޕަރޭޓް ރެސިޑެޓް ވިސާ ކޮންމެ ފަސް އަހަރަކުން އާ ކުރަން ޖެހޭނެ ކަމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. ފުރަތަމަ ހުށަހަޅާއިރު، ވިސާ ލިބޭނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
އިސްލާހުތަކުގައި ބުނެފައިވަނީ ކޯޕަރޭޓް ރެސިޑެންޓް ވިސާއަކީ، ރަޖިސްޓްރާ އޮފް ބިޒްނަސް ކަނޑައަޅާ ގޮތެއްގެ މަތިން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓެއްގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރެއް ނުވަތަ އެނޫންވެސް އިސްފަރާތެއް، އަދި އެއިން ފަރާތެއްގެ އާއިލާ މެންމަބަރެއް، ރާއްޖޭގައި ވަޒީފާއަދާކުރާ މީހެއްގެ ގޮތުގައި ނޫން ގޮތަކަށް، އެ ފޮރިން އިންވެސްޓްމަންޓް ނުވަތަ އެ ވިޔަފާރި ހިންގުމުގެ ބޭނުމަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީނަށް ދެވޭ ހުއްދައެއް ކަމަށެވެ.
ބިލު އިސްލާހުވާތާ 14 ދުވަސް ތެރޭ ކޯޕަރޭޓް ރެސިޑެންޓް ވިސާގެ ގަވާއިދު އިސްލާހު ކުރުމަށް އިސްލާހުތަކުގައި ވަނީ ހިމަނާފަ އެވެ.
ކޯޕަރޭޓް ރެސިޑެޓް ވިސާގެ ގަވާއިދު ބުނާގޮތުން މިހާރު ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެނީ މަދުވެގެން 50 މިލިއަން ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ކަމަށެވެ. އަދި ވިސާގެ މުއްދަތަކީ އެ އިންވެސްޓުމަންޓުގެ މުއްދަތެވެ. ނުވަތަ އެއް މިލިއަން ޑޮލަރު ރާއްޖޭގެ ބޭންކެއްގައި ދެއަހަރު ދުވަހުގެ މުއްދަތަކަށް ބަހައްޓާ ފަރާތްތަކަށް ފަސް އަހަރު ދުވަހަށް ވިސާ ދިނުމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު